އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޞާލިހަށް، ޓިކެޓް އެރުވުމަށް ބޭއްވި ޖަލްސާގައި ޑިފެންސް މިނިސްޓާ މާރިޔާ ދީދީ ސިފައިންގެއިން ރިޓަޔާ ކުރައްވާފައި ބޭފުޅަކަށް މުހާތަބުކޮށް ދެއްކެވި ދަށުދަރަޖައިގެ ބަސްމަގަށް ޖަވާބުދާރީ ކުރުވަން މަޖިލީހަށް ޙާޒިރުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޢަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވެ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަރާތަކުން އޭނާ ހައްޔަރުކޮށްފައިވެސްވެއެވެ. ފެބްރުއަރީ 11، ގައި އޭނާ ބެންގަލޫރުގައި ހުއްޓައި އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭގެ އެއް ދުވަސްފަހުން އޭނާ ޑީޕޯޓުކުރިއެވެ.
ރޭ އޮތް ޖަލްސާގައި މާރިޔާ ވަނީ ސަމަދުއަށް އިންޑިއާގައި ދިމާވި ކަންތައްތަކާއި އޭނާ ރާއްޖެ އައިސް ކަން ހިނގައިިދިޔަ ގޮތް ކިޔައިދެމުން ދިން އިންޓަވިއުއަށް ވަރަށް ބޮޑަށް ހަޖޫ ޖައްސަވާފައެވެ.
އަޅުގަނޑުމެންނަށް ފެނުނީ މޫނުގަ އަތް އަޅުއްވައި, އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތި ކުރެއްވުނު ހެން. ކޮންމެއަކަސް ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ފުލުހުންނާއި ސިފައިންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ، އިމިގްރޭޝަނުގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން.
– ހަޖޫ ޖައްސަވާ ރާގަކަށް މާރިޔާ ރޭ ވިދާޅުވިއެވެ.
މާރިޔާގެ ވާހަތަކާއި ގުޅިގެން އޭނާ މަޖިލީހަށް ހާޒިރުކޮށް ޖަވާބު ދާރީ ކުރުވާނެކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ ދިވެހި ސަލާމަތީ ޚިދުމަތުގައި ގިނަދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާ ޝަރަފުވެރި ކަމާއިއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅަކާއިމެދު ބަދު ބަސްތަކުން މިޙާތަބު ކުރުމަކީ މާރިޔާއަށް އޮތް ހައްގެއް ނޫންކަމަށެވެ.
ދިވެހި ދަރި އަކާ ދޭތެރޭ ޚާއްޞަކޮށް ދިވެހި ސަލާމަތީ ޚިދުމަތުގައި ގިނަދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާ ޝަރަފުވެރި ކަމާއިއެކު ރިޓަޔަރ ކުރައްވާފައިވާ ސަމަދުބެ އާދޭތެރޭ ދިފާއީ ވަޒީރު މާރިޔާ ދީދީގެ ދަށުދަރަޖައިގެ ބަސްމަގަށް ޖަވާބުދާރީ ކުރުވަން މަޖިލީހަށް ޙާޒިރުކުރާނަން.
– މެމްބަރު ޝިޔާމް ވިދާޅުވިއެވެ.
ސަމަދު އަކީ "ފިނޑި" މީހެއްގެ ގޮތުގައި ސިފަކުރެއްވުމަށް ފަހު މާރިޔާ ވަނީ ސިފައިން ތަމްރީނު ކުރަމުންދަނީ އެފަދަ ބަޔަކަށް ނުވާނެ ގޮތަށް ކަމަށް ވިދާޅުވެފައެވެ. މި ވާހަކަތަކާ އެކު ސޯޝަލް މީޑިއާގައި މާރިޔާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
One Response
މައިރިޔަލަކައްވިޔަސްް އިންސާނީީ ކަރާމާތްހިފަހައްޓަންޖެހޭނެެ އެވަރުގެެ ތަންދޮރުނުދަންނަަ ގަމާރުބީތާއިންް ވަޒީރުންނައްހެދީމާާ ހުރިހާދިމާލަކުންް ވެސްް އެޅޭނީީ ޅައިހަލުންް މިގައުނުގަދިވެހިންހިންގާާ ގާޑިޔަލުންވެސްް ދުނިޔޭގަލެއްވިހާޓެކުހެއްް ނަގަމުންގެންދާއިރުވެސްް އިންޑިއާާ މަލްޓިބިލިއަންޑޮލަރުގެެ ކުންފުނިތަކުންް ރާއްޖޭގައިހިންގާާ އެއްވެސްް ވިޔަވާރިއަކުންް ޓެކުސްނުނަގާހިންގަންް ފުރުސަތުދިނުމަކީި މިގައުމުގަދިވެހީންގެެ ދަރަޖަދައްކަންް ކަށަވަރުކޮއްދިނުންނޫންތޯޯ އަސާސީބޯހިޔާވެހިކަމުންވެސްް ބޮޑަތިޓެކުސްތައްް ދިވެހީންގެެއަތުން މިރާއްޖޭގައިި ނަގާކަމީީ މިގައުމުގަދިވެހީންނައްް ފުރުސަތެއްނޯންނާނޭބުނުންނޫންތޯޯ ވޯނިމެންވާއިރައްް ނިގައުމުގައިންޑިއާގެެ ދިދަޖެހިކާރުތައްް އޮތުމަކީީ މިހާރުފެންނަމަންޒަރުު ވެދާނެކަމެއްކަންް ގަބޫލުކުރަންޖެހޭހިސާބައްް ހިގައްޖެެ