ސްވަރާ ވެސް ކައިވެނި ކޮށްފި

ސްވަރާ ވެސް ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
19 ފެބްރުއަރީ 2023 09:07
0

ބޮލީވުޑް ބަތަލާ ސްވަރާ ބާސްކަރް ކައިވެނިކޮށްފި އެވެ.

ސްވަރާ ކަިއވެނި ކޮށްފައިވަނީ މިމަހުގެ 6 ވަނަދުވަހުގައިއެވެ. ވަރަށް އާދައިގެ ގޮތަކަށް ކުރެވިގެން ދިއަ މި ކައިވެނި އޮތީ ކޯޓުގައިއެވެ. އޭނާ ކައިވެނި ކޮށްފައިވަނީ އިންޑިއާގެ ސިޔާސީ ޕާޓީއެއްގެ ލީޑަރާކާއިއެވެ.

34 އަހަރުގެ ބަތަލާ ކައިވެނިކުރީ ސަމާދުވާޖީ ޕާޓީގެ ލީޑަރެއް ކަމަށްވާ ފަހަދު އަހުމަދާ އެވެ. ކައިވެނީގެ ވާހަކަ ސްވަރާ ވަނީ ދެ މީހުން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެއާއި އެކުގައި ބޮލީވުޑްގެ ގިނަ ތަރިން ތަކެއް ވަނީ މުބަރިކް ބާދީ ދީފައިއެވެ.

ނަމަވެސް މި ކައިވެންޏަކީ ވަރަށް ސިއްރުން ކުރެވުން ކައިވެންޔެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. އަދި ކައިވެނީ ގައި ބައިވެރި ވެފައި ވަނީ ވަރަށް މަދު ބައެކެވެ. ކޯޓުން ނުކު ވަރަށް އުފަލުން ހުރި ސްވަރާ ވަނީ ނަށަންވެސް ނަށައިފައިއެވެ.

އާންމުކޮށް ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުން ފެންނަ ސްވަރާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ގުޒާރިޝް"، "ތަނޫ ވެޑްސް މަނޫ"، "ރާންޖަނާ"، "ވީރޭ ދީ ވެޑިން" އާއި "ޕްރޭމް ރަތަން ދަން ޕާޔޯ" ފަދަ ފިލްްމ ތަށް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.