ކުނާލް ކޭމޫ ޑައިރެކްޓްކުރި އަލަތު ފިލްމް ގެ ބަތަލާ އަކީ ނޯރާ

ކުނާލް ކޭމޫ ޑައިރެކްޓްކުރި އަލަތު ފިލްމް ގެ ބަތަލާ އަކީ ނޯރާ

Author
ފާތިމަތު ނާވީ
18 ފެބްރުއަރީ 2023 08:28
0

އެކްޓަރު ކުނާލް ކޭމޫ ލިޔެ، ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "މަދުގާއޯ އެކްޕްރެސް" ބަތަލާ އަކީ "އައިޓަމް ގާލް" ގެ ގޮތުގައި މަޝްހޫރު ނޯރާ ފަތެހީ ކަން ކަށަވަރު ކޮށްދީފިއެވެ.

އާންމު ގޮތެއްގައި ނެށުމުގެ ކުޅަދާނަކަން ދައްކަމުން އަންނަ ނޯރާ ފިލްމް އެއް ގެ ލީޑުން ފެނިގެންދާނެ މީ ފުރަތަމަ ފަހަރެވެ. އެކަން ވަނީ މީގެ ޝޫޓިން ނިންމައިލި ވާހަކަ ފިލްމުގެ ޓީމާ އެކީ ނަގާފައިވާ ފޮޓޯތަކަކާ އެކީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

 

View this post on Instagram

 

A post shared by Nora Fatehi (@norafatehi)

ގިނައިން ފިލްމު ތަކުގެ ސަޕޯޓް ރޯލުތަކުން ފެންނަ ކުނާލް މިހާރު ފިލްމު ތަކުން ފެންނަލެއް ވެސް ވަރަށް މަދެވެެ. ހަަމަ އެފަދައިން އޭނާގެ އަންހެނުން ސޯހާވެސް މިހާރު ފިލްމެއް ނުކުޅެއެވެ. މި ފިލްމް ކުނާލް ލިޔެފައިވާ އިރުގައި ފާހަގަ ކޮށްލެވޭ ކަމަކީ ސޯހާ އަކީ ވެސް ކުޅަދާނަ ލިޔުންތެރިއެއް ކަމެވެ. އަދި އޭނާ ލިޔެ ފޮތެއް ވެސް ވަނީ ނެރެފައިއެވެ.

"މަޑުގާއޯ އެކްސްޕްރެސް" އެވެ.ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ އެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.