މިއަހަރު ފެށުނުފަހުން ޝިފާޒު އޮފީހަށް ނިކުމެ ވަޑައެއް ނުގަންނަވާ

މިއަހަރު ފެށުނުފަހުން ޝިފާޒު އޮފީހަށް ނިކުމެ ވަޑައެއް ނުގަންނަވާ

Author
ހުސެއިން
16 ފެބްރުއަރީ 2023 09:30
0

މިއަހަރު ފެށުނުފަހުން، ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި މުހައްމަދު ޝިފާޒު އޮފީހަށް ނިކެމެވަޑައި ނުގަންނަވާކަން ކަށަވަރު ވެއްޖެއެވެ.

ނަން ހާމަ ނުކުރުމަށް އެދި ޚަބަރު އޮންލައިނަށް މައުލޫމާތުދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޝިފާޒު އޮފީހަށް ނިކުމެވަޑައި ނުގަންނަވަން ފައްޓަވާފައިވަނީ ފާއިތުވި ޑިސެމްބަރުމަހުން ފެށިގެންނެވެ. އެހެންނަމަވެސް ޝިފާޒު އޮފީހަށް ނިކުމެވަޑައިގަތުން ހުއްޓަވާލައްވާފައިވަނީ ކޮން ސަބަބަކާ ހެދިކަމެއް ޔަގީން ކުރެވިފައެއް ނުވެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ އިތުރުން، އެމްޑީޕީގެ ނާއިބު ރައީސްކަމުގައިވެސް ހުންނެވި މުހައްމަދު ޝިފާޒު އޮފީހަށް ނިކުމެވަޑައި ނުގަންނަވާއިރު، އޭނާވަނީ ފާއިތުވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ، އަދި ފާޅުގައި ކެމްޕޭނަށްވެސް ނިކުމެވަޑައިގަންވާފައެވެ.

އަދި އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ކޯޅުންތަކުގައި ޝިފާޒް ފާހަގަވެގެން ގޮސްފައިވަނީ ނަޝީދުގެ ފެކްޝަނަށް ތާއީދުކުރައްވާއިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.

ރައީސް ސާލިހުގެ ސަރުކާރުގެ އިސް ބައެއް މަގާމްތަކުގައި ތިއްބެވި ބޭފުޅުން، މަގާމްތަކުގައި ތިއްބަވައިގެން ރައީސްއާއި ދެކޮޅަށް ކެމްޕޭނަށް ނިކުމެ ވަޑައިގެންނެވުމުން އެ ފަރާތްތަކަށް ގިނަބައެއްގެ ފާޑުކިއުންވަނީ އަމާޒު ވެފައެވެ. އޭގެ ތެރޭގައި އެސްޓިއޯގެ އެމްޑީ ހުސެއިން އަމްރުގެ އިތުރުން އެގްރޯ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ހާރޫން ރަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.