"ނޯ ސީކްރެޓްސް" ގައި ގޯ ކިއުންގް އާއި ކަންގް ހާން

"ނޯ ސީކްރެޓްސް" ގައި ގޯ ކިއުންގް އާއި ކަންގް ހާން

Author
ފާތިމަތު ނާވީ
18 ފެބްރުއަރީ 2023 05:27
0

ދެކުނު ކޮރެއާގެ އާ ރޮމޭންސް ޑްރާމާ "ނޯ ސީކްރެޓްސް" އިން ދެކުނު ކޮރެއާގެ ދެ ތަރިން ކަމަށްވާ ގޯ ކިއުންގް ޕިޔޯ އާއި ކަންގް ހާން ނާ ފެނިގެންދާނެ ކަން ކަށަވަރުވެއްޖެ އެވެ.

ކޮރެއާގެ ޓެބްލޮއިޑް "ސޫމްޕީ" އިން ބުނި ގޮތުގައި މި ޑްރާމާގައި ގޯ ކިއުންގް ފެނިގެންދާނީ ސޯންގް ކީ ބެކް ކިޔާ ކެރެކްޓާއެއްގެ ރޯލެވެ.  އޭނާ އަކީ ހާއްސަ ހާލަތެއް ކަމުގައިވާ ވިސްނުމެއް ނެތި ވާހަކަ ދެއްކުމަށް މަގުފަހިވާ ފަދަ ހާލަތެއް ދިމާވެފައިވާ މީހެކެވެ.

އެގޮތުން ދިރިއުޅުމުގައި ދިމާވާ އެންމެ ބޮޑު ކާރިސާއާއި ކުރިމަތިލާން ޖެހުމުން އޭނާގެ ހަޔާތުގެ ދެވަނަ ބާބު ފެށެނީ ކަންގް ހާން ގެ ކެރެކްޓާ  ކަމަށްވާ އޮން ވޫ ޖޫއާ ބައްދަލުވުމުންނެވެ.

އޮން ވޫ ޖޫ އަކީ މުނިފޫހިފިލުވުމުގެ ޕްރޮގްރާމަކަށް ކޮންމެ ވެސް ކަމެއް ކުރަން ތައްޔާރަށް ހުރި ޕެޝަނަލް ވެރައިޓީ ޝޯ ލިޔުންތެރިއެކެވެ. ސޯންގް ކީ ބޭކްގެ ހަރުކަށި ވާހަކަ ދެއްކުމުގެ ވައްޓަފާޅިގެ ފޮރުވިފައިވާ ހިތްގައިމުކަން އޭނާ އަށް އެނގުމުން އޭނާއާ އަށް އޮތް އިންޓަރެސްޓް އަދި ދެން ދިމާވާ ތަފާތު ހާދިސާތަށް މި ޑްރާމާގައި ނިއުޅެމުން ދާނެއެވެ.

ޖަންގް ޖީ ޔޯން ޑައިރެކްޓްކޮށްފައިވާ "ނޯ ސީކްރެޓްސް" އަކީ ސްކްރީންރައިޓަރު ޗޯއި ކިއުންގް ސަންގެ އެއްޗެކެވެ. އެ ޑްރާމާ މި އަހަރު ވެސް ޕްރިމިއާ ކުރަން މިހާރު އަންނަނީ މަޝްވަރާ ކުރަމުން ކަމަށް ހަބަރުތަށް ލިބެއެވެ.

ކަންގް ހާން ނާގެ ފާހަގަ ކޮށްލެވޭ ޑްރާމާ ތަކުގެ ތެރޭގައި "ސްޓާޓް އަޕް"، "މައި ރޫމްމޭޓް އިޒް އަ ގުމީހޯ"، "ބްލަޑީ ހާޓް" ފާހަގަ ކޯށްލެވެއެވެ. އަދޮ ގޯ ކިއުންގް ޕިޔޯ ވަނީ މީގެ ކުރިން "ރިޕްލައި 1988″، "ޑޯންޓް ޑެއާ ޓު ޑްރީމް"، "ޗިކާގޯ ޓައިޕްރައިޓާ" އަދި "ލަވް އިން ކޮންޓްރެކްޓް" ފަދަ ހިޓް ޑްރާމާތަކުގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.