ނައިބުރައީސަށް ފާޑުކިޔުމުން ސަމީރުގެ ނުރުހުން އިލްހާމަށް!

ނައިބުރައީސަށް ފާޑުކިޔުމުން ސަމީރުގެ ނުރުހުން އިލްހާމަށް!

Author
ޢަލީ އާދަމް
16 ފެބްރުއަރީ 2023 08:35
0

އަންނަ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވަމުންދާ ދަނޑިވަޅެއްގައި ނައިބު ރައީސް ފައިސަލް ނަޞީމް ހުންނެވީ ރައީސް ޞާލިޙާއެކުކަން ހާމަކުރެއްވުމުން އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން އެކަމަށް ރައްދީ ނައިބުރައީސަށް ފާޑޔކިޔުމުން ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ނުރުހުން ފާޅުކުރައްވައިފިއެވެ.

ބައެއް މީޑިއާތަކުގައި މިހަމާބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައި ސަމީރުވަނީ ނުރުހުން ފާޅުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއެކު ހުންނެވިކަން ނައިބުރައީސް ފައިސަލް ނަސީމް ހާމަކުރެއްވިއިރު އެމަނިކުފާނަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިހާރުގެ ސަރުކާރު ކޯލިޝަންގެ ތެރެއިން ވަޑައިގެންނެވި ބޭފުޅެކެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓުގެ ސްލޮޓު ލިބުނީ ޖުމުހޫރީ ޕާޓީއަށެވެ. އެޕާޓީން ދެއްކީ ފައިސަލް ނަސީމެވެ.

މިފަހަރު ރައީސް ޞާލިޙަށް ތާޢީދުކުރުމާމެދު ޖޭޕީން އަދި ގޮތެއް ނުނިންމައެވެ. އެހެންނަމަވެސް ވަކިން ޖޭޕީން ކެންޑިޑޭޓެއް ނެރޭނެކަމަށް އެޕާޓީން އަންނަނީ ބުނަމުންނެވެ. ޕާޓީން ވަކިގޮތެއް ނުނިންމަނީސް ނައިބުރައީސް ފައިސަލް ނަޞީމް ރައީސް ޞާލިޙަށް ތާޢީދުކުރައްވާކަން ހާމަކުރެއްވުމުން ޖޭޕީން ވަނީ ކަންބޮޑުވެފައެވެ. ޖޭޕީގެ ލިޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ވަނީ ޢާންމު ނޫސްވެރިންގެ ބައްދަލުވުމެއްގައި ނައިބުރައީސަށް ފާޑުވިދާޅުވެފައެވެ. އިލްހާމް ވިދާޅުވީ ޖޭޕީގެ ނިންމުމާ ޚިލާފަށް ނުވަތަ އެއާފުށުއަރާގޮތަކަށް ޢަމަލުކުރައްވާނަމަ ފައިސަލް ނަޞީމަށް އެންމެ ރަނގަޅު ގޮތަކީ ޖޭޕީން ވަކިވެވަޑައިގަތުންކަމަށެވެ.

މިކަމަށް ފާޑުވިދާޅުވެ ބައެއް މިޑިއާތަކުގައި ރައީސް އޮފީހުގެ މިނިސްޓަރު ސަމީރުވަނީ އެއީ އިލްހާމް ވިދާޅުވި ވަރަށް ނާތަހުޒީބު ވާހަކަތަކެއް ކަމަށްވިދާޅުވެފައެވެ. ސަމީރަކީބވެސް ޖޭޕީ ސްލޮޓެއްގައި ހުންނެވި ބޭފުޅެކެވެ. ސަމީރު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމާމެދު ޖުމްހޫރީ ޕާޓީން އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށެވެ. އެހެންކަމުން މިޙާލަތުގައި އެޕާޓީގެ އިސް ބޭފުޅަކަށް އަމާޒުކޮށް އިލްހާމް ދެއްކެވީ ޒިންމާދާރުކަން ކުޑަ ވާހަކައެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.