ޖާވިދު ޚާން އަމްރޯހީ މަރުވެއްޖެ

ޖާވިދު ޚާން އަމްރޯހީ މަރުވެއްޖެ

Author
ފާތިމަތު ނާވީ
17 ފެބްރުއަރީ 2023 09:44
0

ބޮލީވުޑްގެ ތަޖުރިބާކާރު އަދި ޓީވީ އެކްޓަރު ޖާވިދު ޚާން އަމްރޯހީ މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނޭވާލުމުގެ މައްސަލަތަކެއް ދިމާވެ ދާދި ފަހުން އޭނާ ވަނީ ސެންޓާކްރޫޒްގެ ސޫރިޔާ ނާސިން ހޯމްގައި އެޑްމިޓްކޮށް  ފަރުވާދީފައިއެވެ. 72 އަހަރުގައި އޭނާ މަރުވެފައި ވަނީ ފުއްޕާމޭ ފެއިލްވުމުން ކަމަށް ހަބަރުތަށް ބުނެއެވެ.

ޖާވިދު ވަނީ ބޮލީވުޑްގެ 150 އަށް ވުރެ ގިނަ ފިލްމުގައި ސަޕޯޓިން ރޯލް ކުޅެފަ އެވެ. އޭނާގެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި "ކޫލީ ނަމްބަރު 1″، "އަންދާޒް އަޕްނާ އަޕްނާ"، "ބަޑޭ މިޔަން ޗޯޓޭ މިއާން"، "ލަގާން: ވަންސް އަޕޮން އަ ޓައިމް އިން އިންޑިއާ"، "އޭކް އޯރް އޭކް ގިޔާރާ، ޗަކް ދޭ! އިންޑިޔާ"، "ފިރް ހެރާ ފެރީ" ފަދަ ފަދަ ފިލްމް ތަށް ފާހަގަ ކޮށްލެވެއެވެ.

އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 2020 ވަނަ އަހަރު ރިލީޒްކުރި އާލިއާ ބަޓާއި ސިދާތް ރޯއި ކަޕޫރު އަދި ސަންޖޭ ދަތު ލީޑް ރޯލް ކުޅުނު ފިލްމް "ސަޅަކް 2″ އިން ނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.