"ޖަވާން"ގައި އައްލު ގެ ހާއްސަ ފެނިލުމެއް

"ޖަވާން"ގައި އައްލު ގެ ހާއްސަ ފެނިލުމެއް

Author
ފާތިމަތު ނާވީ
16 ފެބްރުއަރީ 2023 01:17
0

ފިލްމް "ޕުޝްބާ" އިން މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެން ދިއަ ސައުތުގެ މަޝްހޫރު އެކްޓަރު އައްލު އަރުޖުންގެ ހާއްސަ ފެނިލުމެއް ޝާހުރުކް ހާން ގެ ކުރިއަށް އޮތް ފިލްމް "ޖަވާން" އިން ފެނިގެން ދާނެ ކަމަށް ހަބަރުތަށް ބުނެފިއެވެ.

މި ހަބަރު އަދި ފިލްމް އުފައްދާ ފަރާތްތަކުން ކަށަވަރު ކޯށްދީފައިއެއް ނުވެއެވެ. ނަމަވެސް މީ ތެދުކަމުގައި ވެއްޖެ ނަމަ ކާމިޔާބު އެތަށް ފިލްމް ތަކެއް ކުޅެފައިވާ 40 އަހަރުގެ އެކްޓަރުގެ ފުރަތަމަ ބޮލީވުޑް ފިލްްމ އަށް މި ފިލްމް ވެގެން ދާނއެވެ.

އައްލޫ މިހާރު އަންނަނީ "ޕުޝްޕާ" ގެ ސީކްއެލްގެ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ނެރުނު "ޕުޝްޕާ" ގެ ދެފިލްމް އަށް ވެސް އުންމީދު ކުރި ވަރަށް ވަނީ ތަރުހީބު ލިބިފައިއެވެ.

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

މި ފިލްމް އަކީ މުޅި ބޮލީވުޑް އަދި ސައުތުގެ ސިނަމާ އަށް ވެސް ވަރަށް ހާއްސަ ފިލްމް އަކަށް ވެގެން ދާނެއެވެ. އެއީ ސައުތުގެ އިންޑަސްތްރީގައި ތިބި އެންމެ ތަޖުރިބާ ކާރު އަދި އެންމެ މަޝްހޫރު ދެތަރިން މި ފިލްމް އަށް ބޮލީވުޑްއަށ ްތައާރަފް ވުމެވެ. އައްލުގެ އިތުރުން މި ފިލްމް އިން ސައުތުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ ފެނިގެންދާނެއެވެ.

ނަޔަންތަރާ މިފިލްމް އިން ފެނިގެންދާނީ ލީޑު ބަތަލާގެ ރޯލުންނެވެ. މިއީ އޭނާ ބޮލީވުޑް އަށް ތައާރަފްވާ ފިލްމްއެވެ. އެއާއި އެކުގައި ގިން އަދަދެއްގެ ސައުތު ތަރިން މި ފިލްމް އިން ފެނިގެންދާއިރުގައި ފިލްމްގެ ޑައިރެކްތަރަކީ ވެސް ސައުތުގެ މަޝްހޫރު ޑައިރެކްޓަރެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ޝޫޓިންގ ފެށި މި ފިލްމަކީ ޝާހްރުކްގެ ވަރަށް ތަފާތު ރޯލެއް ފެންނާނެ އެކްޝަން ތުރިލާއެކެވެ. ތަމަޅަ ޑައިރެކްޓަރު އެޓްލީގެ "ޖަވާން"ގައި ޝާހުރުކްގެ އަންހެނުންގެ ރޯލު ކުޅުމަަށް ދީޕިކާ ޕަޑުކޯން އެއްބަސް ވެފައި ވާއިރު، ލީޑު އެކްޓަރުގެ އަނބިމީހާގެ ރޯލުން އޭނާ ފެނުން ނަމަވެސް މިއީ ފިލްމުގައި ވަރަށް ކުޑަ ރޯލެކެވެ.

 

View this post on Instagram

 

A post shared by Atlee (@atlee47)

ފިލްމު "ޖަވާން"ގެ ޓީޒާއެއް ދައްކާލާފައި ވާއިރު މިއީ ނަޔަންތަރާ އާއި ޝާހް އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ. އަދި މި ފިލްމް އަކީ ވަރަށް ތަފާޓު އެކްޝަން ފިލްމް އެއްގެ ގޮތުގައި ސިފަ ކުރެވޭ ފިލްމްއެއްވެސް މެއެވެ.

ޝާހްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީސް އެންޓަޓެއިންމެންޓުން އުފައްދާ މި ފިލްމުގެ ކާސްޓުގައި ޝާހްރުކާއި ނަޔަންތަރާގެ އިތުރުން ސަނާޔާ މަލްހޮތުރާ އަދި ސުނިލް ގްރޯވަރުވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.