ބޮލީވުޑްގެ ބަތަލާ ޝިވަލީކާ އޮބްރޯއީ އާއި ޑައިރެކްޓަރު އަބީޝެކް ޕާޓަކު ކައިވެނި ކޮށްފިއެވެ.
މި ދެމީހުންގެ ކައިވެނި މިދިއަ މަހުގައި ވަނީ އިއުލާން ކޮށްފައިއެވެ. އެދެމީހުންގެ ކައިވެނި އޮތީ މި މަހުގެ 9 ވަނަ ދުވަހުގައި ގޯއާގައިއެވެ. މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްގަނޑެއް ފަހުން އެމީހުން ކައިވެނި ކޮށްފައިވާ އިރުގައި މި ކައިވެނި އޮތީ ހިންދޫ ދީނުގެ އާދަކާދަ ތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އަބީޝެކަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަން "ޑްރިޝަމް 2″ ގެ ޑައިރެކްޓަރެވެ. އޭނަ އަކީ މަޝްހޫރު ޕްރޮޑިއުސަރު ކުމާރު މަންގަތުގެ ދަރިއެކެވެ.
ޝިވަލީކާ، 27، އާއި އަބީޝެކް، 35، މިއަދު ކައިވެނިކުރީ މި މަހުގެ ތެރޭގައި ކައިވެނި ކުރާނެކަން ވެސް އިއުލާންކުރުމަށް ފަހު އެވެ. ޝިވަލީކާ އަކީ "ހުދާ ހާފިޒު" ބަތަލާއެވެ.
ޝިވާލިކާ ބޮލީވުޑް އަށް ތައާރަފްވީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި "ކިކް" އިން 2014 ވަނަ އަހަރުގައިއެވެ. އެ ފިލްމް އަކީ ސަލްމާން ހާން ލީޑުން ފެނިގެންދިއަ ފިލްމްއެވެ. ޝިވާލީކާގެ ފުރަތަމަ ފިލްްމް އަކީ 2019 ވަނަ އހަރުގެ ފިލްމް "ޔެ ސާލީ އާޝިގީ" އެވެ.
ކޮމެންޓު ފޮނުވާ