މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ޕާކް ކޮށްފައިހުރި ގިނަ އަދަދެއްގެ ސައިކަލްތަކެއްގައި ކުއްލިއަކަށް، އިއްޔެއާއި މިއަދު ފުލުހުން ސްޓިކާ ޖަހައިފިއެވެ.
މިގޮތުން ފުލުހުން އެންމެ ގިނަ އަދަދަކަށް ސްޓިކާ ޖަހާފައިވަނީ ގިނަ ބަޔަކު ވަޒީފާ އަދާކުރުމަށްދާ ވެލާނާ ބިލްޑިންގެގެ ވަށައިގެން އޮންނަ ދެ މަގެއްގައި، ޕާކިންގ އޭރިއާއިން ބޭރުގައި، ގަވާއިދާ ޚިލާފަށް ޕާކް ކޮށްފައި ހުރި ސައިކަލްތަކުގައެވެ.
ވެލާނާ ބިލްޑިންގގެ ވަށަގެންވާ ބައެއް މަގުތަކުގައި ފުލުހުން ކުއްލިއަކަށް ގިނަ އަދަދެއްގެ ސްޓިކާ ޖަހާފައި މިވަނީ، މިމަގުގައި ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ އުޅަނުދފަހު ޕާރކް ކުރުމުންދާތާ ދުވަސްތަކެއް ވެގެން ދިއުމަށްފަހުއެވެ.
މިމަގުގެ އިތުރުންވެސް މާލޭގެ އެހެން ބައެއް މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކް ކޮށްފައި ގިނަ އަދަދެއްގެ ސައިކަލްތަކުގައި އިއްޔެއާއި މިއަދު ފުލުހުންވަނީ ސްޓިކާ ޖަހާފައެވެ.
މާލޭގައި ކާރޫ ބާރޫ ބޮޑުވެ، ސައިލަކްތަކާއި ކާރުތައް އިންތިހާއަށް ގިނަވެފައިވާއިރު، ސައިކަލްތަކާއި ކާރުތަައް ޕާރކް ކުރާނެ އެކަށީގެންވާ ޖާގައެއް ނެތެވެ. އަދި ޖާގަ ނެތީސް، ސައިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހަމުން ދިއުމަކީ އާންމުންގެ ކަންބޮޑުވުމާއި ޝަކުވާ އިންތިހާއަށް ބޮޑު މައްސަލައެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ދައުލަތަށް ފައިސާ ހޯދުމުގައި ފުލުހުން އިސްވެތިބެ ސަރުކާރުން ކުރަމުންދާ ކަމެކެވެ. އެހެންނަމަވެސް މާލޭ ސިޓީ ކައުންސިލުންވަނީީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރުމަހ،ު އަމީނީ މަގުގެ ޓްރެފިކް ޕޮލިސް ކައިރީގައި ސައިކަލްތަކަށް ޕާކްކުރެވޭނެ ޕާކިން ޒޯނެއް ހަދާފައެވެ. މި ޕާކިން ޒޯންއަކީ 335 ސައިކަލަށް ޕާކްކުރެވޭނެ ޒޯނެއްކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. އޭގެ އިތުރުން މަޖީދީމަގުގައި ޕާކް ކުރުން ސަރުކާރުން މަނާ ކޮށްފައިވަނީ ފާއިތުވި އަހަރުގެ އޮގަސްޓު މަހުއެވެ.
އެކިއެކި ޖުރިމަނާތަކުގެ ގޮތުގައި ކޮންމެ މަހަކުވެސް ސަރުކާރަށް ދަނީ އެތައް މިލިއަން ރުފިޔާގެ ބޮޑު އާމްދަނީއެއް ލިބެމުންނެވެ.
ކޮމެންޓު ފޮނުވާ