ހުރިހާ ދިމާއަކުން ފެންނަނީ ބިދޭސީން ރާއްޖެއަށް އަތްގަދަކުރަން ދޫކޮށްލާފައިވާ މަންޒަރު: ޢަލީ ޙުސައިން

ހުރިހާ ދިމާއަކުން ފެންނަނީ ބިދޭސީން ރާއްޖެއަށް އަތްގަދަކުރަން ދޫކޮށްލާފައިވާ މަންޒަރު: ޢަލީ ޙުސައިން

Author
ޢަލީ އާދަމް
09 ފެބްރުއަރީ 2023 09:54
0

ރާއްޖޭގެ ހުރިހާ ދިމާއަކަށް ބަލާލިޔަސް ފެންނަނީ، ކޮންމެ ދިމާއަކުން ބިދޭސީންނަށް ރާއްޖޭގެ މައްޗަށް އަތްގަދަކުރެވޭގޮތަށް ދޫކޮށްލާފައިވާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން ކުރެއްވި ޓްވީޓެއްގައިވަނީ ތިލަފުށިން ފެށިގެން ކަނޑު އަޑީގެ ޗާޓަށް ބަލާލިޔަސް އަދި އުތުރު ތިލަފަޅަށް ބަލާލިޔަސް އަދި ހަނިމާދުއަށް ބަލާލިޔަސް ފެންނަނީ އެއް މަންޒަރެއްކަމަށެވެ. އެއީ ހުރިހާ ދިމާއަކުންވެސް ރާއްޖޭގެ މައްޗަށް ބިދޭސީންނަށް އަތްގަދަކުރެވޭގޮތަށް ކަންކަން ދޫކޮށްލާފައިވާ މަންޒަރު ކަމަށެވެ.

އަލީ މިހެން ވިދާޅުވީ ރާއްޖޭގެ ކުދި ވިޔަފާތިތަކާއި އެހެނިހެން ވިޔަފާރީގެ ސިނާޢަތްތަކުގައި ބިދޭސީންގެ ނުފޫޒާއި ބާރު އެއްދުވަހުން އަނެއްދުވަހަށް އިތުރުވެ ގަދަވަމުންދާ މައްސަލާގައި ނޫހެއްގައި ލިޔެފައިވާ އާޓިކަލެއް ޝެއަފރކުރެއްވުމަށްފަހުއެވެ.

އޭނާ އިޝާރާތްކުރައްވާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ބޭރުގެ ފަރާތްތަކަށް ފަހިކޮށްދެއްވާ ފުރުސަތުތަކަށެވެ. އެފަދަ ކަންކަމަށް އިދިކޮޅު ފަރާތްތަކުންނާއި ބައެއް އެހެން ފަރާތްތަކުންވެސް އަންނަނީ ފާޑުކިޔަމުންނެވެ. ޚާއްސަކޮށް އިންޓިޔާގެ ނުފޫޒު ރާއްޖޭގައި ގަދަވެގެންދާކަމަށާ، އެކަމަށް ސަރުކާރުން މަގުފަހިކޮށްދެއްވާކަމަށް ތުހުމަތުކުރެވެއެވެ.

އަދި މިފަހުން ތިލަފުށިން ބިން ދޫކުރަން ހުޅުވާލި ފުރުސަތުގައި ބޭރުގެ ފަރާތްތަކަށް ތިލަފުށިން 99 އަހަރަށް ބިން ދޫކުރާ މައްސަލާގައި އެމްޑީޕީގެ ބައެއް މެމްބަރުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޑ ޑާޑާ
އަލާގެ ވާހިކަޔައް މަ ތާއީ ވެސްކުރަން ބޮޑޮ ބަލާއެއްމީ އަދި ބަލާއެއްކަހަލަ މީހަ ސަރުކާރާ ހަވާލުވެ މުޅި މުޖްތަ ހިލާކު ކޮއްފ މަގޭ ފެމެލީ ގެ ވޯޓް ސޮރީ