ކޯވިޑް ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދޭން ނިންމައިފި

ކޯވިޑް ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދޭން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2023 12:57
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ކޯވިޑް-19 ރިކަވަރީ ލޯނު ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ކޮވިޑް ރިކަވަރީ ލޯނު ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް ޖުމުލަ 19 މަސްދުވަހުގެ މުއްދަތަކަށް، އެކަމަށް އެދި ބީއެމްއެލްއަށް ހުށަހަޅާ ފަރާތްތަކަށް އިތުރުކޮށްދިނުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އަދި މިގޮތުން ގްރޭސް ޕީރިއަޑް އިތުރުކުރެވޭނީ ކުރިން މި މުއްދަތު އިތުރުކުރުމަށް ހުޅުވާލި ފުރުސަތުގައި ގްރޭސް ޕީރިއަޑް 19 މަހަށް އިތުރުކޮށްދެވިފައި ނުވާ ފަރާތްތަކަށް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މި ސްކީމަކީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ފޯރުކޮށްދީ މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާ ގޮތަށް އެ ދަތި ދަނޑިވަޅުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލެވުނު ސްކީމަކަށްވާތީ ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށް ދިނުމަކީ މަގުސަދެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއަށްވުމާއެކު މި ފައިސާ އަނބުރާ ހޯދުމަކީ މިފަދަ އިތުރު ސްކީމްތައް ހުޅުވާލުމަށް ފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ކޯވިޑް-19 ރިކަވަރީ ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޖުމުލަ 19 މަހަށް ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބީއެމްއެލްއަށް އީމެއިލް ކުރަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
ކިވެ ދަރަނިދެއްކުން.ފަސްކުރުން އެއި އެއްގޮތަކަންވެސް ކަމުދާކަމެންނޫ ތިކަންތަޒް.ވވ.ރަށް.ކަޑަ