ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމަކީ ދިވެހި ފިޔަފާރިވެރިން ދިރިތިއްބާ މަރާލުން: އާމިރު

ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމަކީ ދިވެހި ފިޔަފާރިވެރިން ދިރިތިއްބާ މަރާލުން: އާމިރު

ގުޅުންހުރި

ރާއްޖޭގެ ސިނާޢީ ސަރަޙައްދުތަކުން ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމަކީ ދިވެހި ފިޔަފާރިވެރިން ދިރިތިއްބާ މަރާލުންފަދަ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.

އާމިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިނާޢީ ސަރަޙައްދުތަކުން ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމަކީ، ދިވެހި މަސައްކަތްތެރިންނާއި ދިވެހި ކުދި ވިޔަފާރިވެރިންނާއި މެދުފަންތީގެ ވިޔަފާރިވެރިން ދިރިތިއްބާ މަރާލުންކަމަށެވެ. ބޭރުގެ އިންވެސްޓަރުންނަށް ނުވަތަ އިންވެސްޓުތަކަށް ދެވޭނެ ބައިވަރު އެހެން ފުރުސަތުތައް ރާއްޖޭގައި އެބަހުރިކަމަށްވެސް އާމިރު ވިދަޅުވިއެވެ.

ތިލަފުށިން ދިގުމުއްތަކަށް ބިދޭސީންނަށް ބިން ވިއްކުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ޤަރާރެއްވެސް ހުށަހެޅިއެވެ. އެހެންނަމަވެސް އެ ގަރާރުވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މިމައްސަލާގައި ވިދާޅުވީ ބިމުގެ ދަތިކަން މާލެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ވިޔަފާރިވެރިންނަށް މިހާރު ވެސް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި ބީލަމުގެ އުސޫލުން ބިދޭސީންނަށް 99 އަހަރަށް ބިން ދިނުމުން އެކަމުގެ ނޭދެވޭ އަސަރު ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިގްތިސާދަށް ވެސް ކުރާނެ ކަމަށެވެ.

އެކަމަކު އޭނާ ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރުމަށް މަޖިލީހުން ފާހެއް ނުވިއެވެ. އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ބަހުސްކުރުމަށް ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރެކެވެ. ދެކޮޅަށް 36 މެމްބަރުން ވޯޓު ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ