ސްވިމިންގ ކޮސްޓިއުމް އާއި ގައިގޯޅި މަންޒަރުތަށް ނުކުޅޭނަން: ރަވީނާ

ސްވިމިންގ ކޮސްޓިއުމް އާއި ގައިގޯޅި މަންޒަރުތަށް ނުކުޅޭނަން: ރަވީނާ

ރަވީނާ ޓަންޑަން އަކީ 90 ގެ އަހަރުތަކުގައި ބޮލީވުޑްގައި ހުރި އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. ބަތަލާ އަކީ މޮޅު އެކްޓިންއެއް ދެއްކުމުގައި ދުވަހަކުވެސް ފެއިލްވި ބަތަލާއެއް ނޫނެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި ރަވީނާ ވަނީ އޭނާގެ ފިލްމް ކުޅުމުގައި ގެންގުޅޭ އުސޫލުތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކައިފައިއެވެ. އެގޮތުން އޭނާ ބުނެފައިވަނީ މާ ގައިގޮޅި މަންޒަރުތަށް ނުކުޅޭނެ ކަމަށެވެ. ބޮލީވުޑްގައި މިހާރު ކިސިންގ މަންޒަރުތަށް ނެގުމަކި އާންމު ކަމެއް ނަމަވެސް އޭނާ އެކަހަލަ މަންޒަރުތަށް ނުކުޅޭނެ ކަމަށް ވަނި ބުނެފައިއެވެ. އަދި ހަމަ އެހެންމެ މާ ނިވާކަން ކުޑަ ހެދުން ލައިގެން ފިލްމް ނުކުޅޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

" މިސާލަކަށް ޑާންސް ސްޓެޕްސް ވެސް އަދި އެނޫންވެސް ފިލްްމް މަންޒަރެއްގައި މާ ގައިގޯޅީ ވާން ޖެހޭނަމަ އަހަރެން ނުކުޅޭނަން. ކިސިން ސީން ތަށް ނުކުޅޭނަން. އަދި ސްވިމިން ކޮސްޓިއުމް އަޅަން ޖެހޭ ފިލްމް ތަށް ނުކުޅޭނަށް. މާޒީގައި މިފަދަ އެތަށް ކަމެއް ވަނީ ކުރެވިފައި. ނަމަވެސް މުސްތަގުބަލަށް މިހުރިހާ ކަމަކަށް ބުނަން އޮތީ ނޯއޭ."

ރަވީނާ ޓަންޑަން ދާދި ފަހުން ވަނީ ބޮޑީ ޝޭމިން އާއި މީހެއްގެ ކެރިއަރަށް ގެއްލުމެއް ލިބިދާނެ ފަދަ ނުރައްކާތެރި ގޮސިޕް ޕަބްލިކޭޝަންތަކާ ބެހޭ ގޮތުންވެސް ވާހަކަ ދައްކައިފަ އެވެ. އޭނާ އަކީ ކުރީގެ ބަތަލާއިންގެ ތެރެއިން އަލުން މިހާރު ބޮލިވުޑް އަށް އެނބުރި އައިސްފައިވާ ބަތަލާއެކެވެ. މިހާރު ކޮންމެ އަހަރުކުހެން އޭނާގެ ފިލްްމް އެއް ރިލީޒް ކުރެއެވެ. ކުރިން ލީޑްރޯލު ތަކުން ފެނުން ބަތަލާ މިހާރު ފެނިގެންދަނީ ސަޕޯޓިން ރޯލުތަކުނެވެ.

 

ރަވީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ކޭޖީއެފް: ޗެޕްޓާ 2″ އިންނެވެ. ދެން އޭނާގެ އާއިއެކުގައި މި ފިލްމް އިން ފެނިގެންދިއާއި ސަންޖޭދަތް އެވެ. ފިލްމް ގެ ލީޑުން ފެނިގެންދިއައީ ކަންޑާލާގެ ސްޕަސްޓާރު ޔާޝްއެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *