ނޭޙާ އާއި އަންގަދު ފެންނާނީ ދެމަފިރިން ގެ ގޮތުގައި

ނޭޙާ އާއި އަންގަދު ފެންނާނީ ދެމަފިރިން ގެ ގޮތުގައި

ގުޅުންހުރި

މަޝްހޫރު ލިޔުންތެރިޔާ ޗޭތަން ބަގަތު ލިޔެފައިވާ ކޮމެޑީ ޑްރާމާއަކާ އެކު ހަގީގީ ހަޔާތުގެ ދެމަފިރިން ކަމަށްވާ އަންގަދް ބޭދީ އާއި ނޭހާ ދޫޕިއާ ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެންނަން ތައްޔާރުވެއްޖެއްޖެއެވެ.

ފިލްމުގެ ޝޫޓިން މިހާރު މުމްބާއީގައި ނިންމައިފައިވާއިރުގައި އެމީހުން ޝޫޓިންގ ގައި ފެނިގެންދިިއައީ ދަރިންވެސް ގޮވައިގެންނެވެ.  މި ފިލްމުގެ ވާހަކަ އަކީ ކޮވިޑް-19 ގެ ލޮކްޑައުންގެ ދުވަސްވަރު ކައިވެނިކޮށްގެން އުޅޭ ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމްއެކެވެ. ރާގަވަން ރާއޯ ކިޔައި ކެރެކްޓާ އަކުން އަގަންދު ފެނިގެންދާއިރުގައި ނޭހާ ފެނިގެން ދާނީ ފިލްމްގައި ރާގަވަން ގެ އަންހެނުން ސަވީގެ ރޯލުންނެވެ.

 

View this post on Instagram

 

A post shared by Neha Dhupia (@nehadhupia)

މިއީ ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި ދެމަފިރިން އެކުގައި ދިރިއުޅެމުން އަންނަ ގުޅުމުގެ މައްޗަށް ބިނާކޮށް ހަދާކޮމެޑީއެކެވެ.  މިއީ ވަރަށް ހިތްގައިމު ޕްރޮޕޯޒަލަކަށް ވާއިރު، މި ދެތަރިންނަކީ ސޯޝަލް މީޑިއާގެ ލަނޑުދަނޑިތަކަކަށް ވާއިރު، އެ ދެމަފިރިންނަކީ އެ ދެމަފިރިންގެ ގުދުރަތީ ކެމިސްޓްރީއަށް ވިސްނައިގެން ކާސްޓިން ހަދާފައިވާ ދެ ތަރިން ކަމަށް ހަބަރުތަށް ބުނެއެވެ.  މިއީ ނޭހާ އާއި އަންގަދު އެކަކު އަނެކަކާ އެކު ޖޯޑު ހަދާ ފުރަތަމަ ފިލްމްއެވެ.

ނޭހާ ދޫޕިއާ އާއި އަންގަދު ބޭދީގެ ކައިވެންޏަށް ގާތްގަނޑަކަށް ފަސް އަހަރު ވެފައިވާއިރު، މި ދެތަރިންނަކީ ފިލްމީ ދާއިރާގައި އެންމެ ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ ޖޯޑެކެވެ. މިދެތަރިން ކައިވެނިކުރީ 2018 ވަނަ އަހަރުގައި ވަރަށް ޕްރައިވެޓް ރަސްމިއްޔާތެއްގައިއެވެ. އެދެމީހުންނަށް ވަނީ 2 ކުދިންލިބިފައިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ