މާލެ އިން މީހަކު ގެއްލިގެން ހޯދަނީ

މާލެ އިން މީހަކު ގެއްލިގެން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
07 ފެބްރުއަރީ 2023 07:58
0

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ސ. މަރަދޫފޭދޫ / ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް (31އ) ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް މިހަފްތާގެ އާދީއްތަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަރީ 4 ވަނަ ދުވަހުގެ 19:30 ހާއިރުކަމާއި އޭރު ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ އެންމެފަހުން ފެނުނީ ކޮންތަނަކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މުޙައްމަދު އާސިރު އިސްމާޢީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.