އިމްރާން ލޯބިވެރިއަކު ހޯދައިފި

އިމްރާން ލޯބިވެރިއަކު ހޯދައިފި

Author
ފާތިމަތު ނާވީ
07 ފެބްރުއަރީ 2023 09:25
0

ބޮލީވުޑްގެ ކުރީގެ އެކްޓަރު އިމްރާން ޚާން އާ ބައިވެރިއަކު ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިމްރާން އާއި އޭނާގެ އައު ލޯބިވެރިޔާ ލެކާ ވޮޝިންޓަން އަތުގައި ހިފައިގެން ބޭރުތެރޭގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވަނީ ވައިރަލް ވެފައިއެވެ. މަޝްހޫރު އެކްޓަރު އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އިމްރާން މިހާރު ބޭރުތެރެއިން ފެންނަލެއް ވަރަށް މަދެވެ.

އިމްރާން އާއި އަންހެނުން އަވަންތިކާ މާލިކްގެ ކައިވެނި ރޫޅުން ފަހުން އޭނާ ބޭރުތެރެއިން ފެންނަލެއް ކުރިއަށްވުރެ މާމަދުވެ، އޭނާގެ ހަށީގަނޑަށްވެސް ވަނީ ބޮޑޫ ބަދަލުތަކެއް އައިސްފައިއެވެ. އަވަންތިކާ އާއި އިމްރާން 2011 ވަނަ އަހަރު ކުރި ކައިވެނި ރުޅޫނީ 2019 ވަނަ އަހަރުގައިއެވެ. އެމީހުންގެ ދަރިއެއްވެސް ހުރެއެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

40 އަހަރުގެ އެކްޓަރު ބަތަލާ ލޭކާ އާއި އެކުގައި އުޅެނިކޮން ނަގާފައިވާ ފޮޓޯތަށް ވަނީ ވައިރަލް ވެފައިއެވެ. އެދެމެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމަށް ވަނީ ނޫސްވެރިން ބުނެފައިއެވެ. އެމީހުން ވަނީ 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މަޓްރޫ ކީ ބިޖްލީ ކާ މަންޑޯލާ"ގައި އެކުގައި މަސައްކަތްކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Imran Khan (@imrankhan)

ލޭކާ ގިންއިން ފެނިގެންދަނީ ތަމަޅަ އަދި ޓެލަގޫ ފިލްމުތަކުންނެވެ. އޭނާ އަކީ ވެސް މާ މަޝްހޫރު ނޫން ބަތަލާއެކެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ޓެލުގޫ ފިލްމްއެއް ކަމުގައިވާ "ޑައިނަމައިޓް" އިންނެވެ.

 

View this post on Instagram

 

A post shared by Lekha Washington (@lekhawashington)

އިމްރާން ބޮލީވުޑްއަށް ތައާރަފްވީ 2008 ވަނަ އަހަރުގެ ފިލްމް "ޖާނޭތޫ ޔާ ޖާނޭ ނާ" އިންނެވެ. ބޮލީވުޑްއަށ ްނުކުތް ދުވަސްކޮޅުގައި އޭނާ އަކީ ވަރަށް ކުރި އަރާނެ ކަމަށް ބެލެވުން ތަރިއެކެވެ. އަދި ކުޅޭނެ ގިން ފިލްްމް ތަކެއްވެސް ލިބުން ތަރިއެއް ވެސް މއެވެ. ނަަމވެސް މަޑުމަޑުން ވަނި އިމްރާންގެ ކެރިއަރު ފަނޑުވެގެން ގޮސްފައިއެވެ. މިހާރު އެއްވެސް ވަރަކަށް ބޮޑޫ ސްކްރީން އިން ނުފެންނަ އިމްރާން އެންމެ ފަހުން ފެނިގެން ދިއައީ 2015 ވަނަ އަަހރުގެ ފިލްްމ "ކައްޓީ ބައްޓީ" އިންނެވެ. އޭނާ މިހާރު އަންނަނީ "މިޝަން މާސް: ކީޕް ވޯކިން އިންޑިއާ" ކިޔާ ކުރު ފިލްމްއެއް ގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.