ޝާހިދު ލަންކާގެ ރައީސްއާއި، ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ޝާހިދު ލަންކާގެ ރައީސްއާއި، ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

Author
ހުސެއިން
04 ފެބްރުއަރީ 2023 07:33
0

މިހާރު ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިންގ މިނިސްޓަރު ޝާހިދު ސްރީ ލަންކާގެ ރައީސްއާއި އަދި ބޮޑުވަޒީރާއި ބައްދަލު ކުރައްވައިފިއެވެ.

ޝާހިދު ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމެސިންގހެގެ އިތުރުން ބޮޑުވަޒީރު ގުނަވަރެދެނަ އާއި ބައްދަލު ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ފޮރިންގ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި މި ދެ ބައްދަލުވުމުގައިވެސް ޝާހިދުވަނީ ދެބޭފުޅުންނާއިވެސް، ދެގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޝާހިދު ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ސްރީ ލަންކާގެ ޚާރިޖީ ވަޒީރު އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އަދި ޝާހިދު ވިދާޅުވެފައިވަނީ މިއީ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ.

މިދަތުރުފުޅުގައި ޝާހިދު ސްރީ ލަންކާގެ ރައީސްގެ އިތުރުން އެގައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޝަހިދާއެކު މި ދަތުރުފުޅުގައ ފޮރިންގ މިނިސްޓްރީގެ ބައެއް އިސްވެރިންވެސް ވައިވެރިވެ ވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.