އިދިކޮޅު ލީޑަރޝިޕުން އުޅެނީ ރައީސް ޔާމީން މިނިވަންކުރާކަށް ނޫން: އިމްރާން

އިދިކޮޅު ލީޑަރޝިޕުން އުޅެނީ ރައީސް ޔާމީން މިނިވަންކުރާކަށް ނޫން: އިމްރާން

Author
ޢަލީ އާދަމް
04 ފެބްރުއަރީ 2023 02:25
0

އިދިކޮޅު ލީޑަރޝިޕުން އުޅެނީ ރައީސް ޔާމީން މިނިވަންކުރާކަށް ނޫންކަމަށާ، އެހެން މައުސަދެއްގައި ކަމަށް ހީމް މިނިސްޓަރ އަދި ޢަދާލަތު ޕާޓޫގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިދިޔަ ބުރާސްފަތިދުވަހު ފެށި "ހޯޕް ކޮންފަރެންސް"އަށްފަހު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިޚްލާސްތެރިކަމާއެކު ރައީސް ޔާމީން ސަލާމަތްކުރަން އުޅުއްވާ ބޭފުޅުންނައްވުރެ އިދިކޮޅު ލީޑަރޝިޕްގައި ގިނައީ އެހެން މަޤުސަދެއް ޙާސިލްކުރަން އުޅޭ ބައެއްކަމަށެވެ. އެކަން އެއްދުވަހުން އަނެއް ދުވަހަށް ހާމަވާ މިންވަރު ބޮޑުވަމުންދާކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

އިމްރާނަކީ ރައީސް ޔާމީނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ވަރަށްބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މެއިޑޭގައި ކުރި މުޒާހަރާއަކާ ގުޅިގެން އިމްރާން ޖަލަށްލިއެވެ. އޭނާ ޖަލުން ސަލާމަތްވީ ރައީސް ޔާމީންގެ ވެރިކަން ނިމުނީމައެވެ. އެއާއެކު އިމްރާން ވެފައިވަނީ ރައީސް ޔާމީނާ ވަރަށްބޮޑަށް ދެކޮޅު ބޭފުޅަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.