ޕަވަންދީޕް އާއި އަރުނިތާ ރާއްޖޭގައި ޝޯވ ދެނީ

ޕަވަންދީޕް އާއި އަރުނިތާ ރާއްޖޭގައި ޝޯވ ދެނީ

Author
ފާތިމަތު ނާވީ
04 ފެބްރުއަރީ 2023 08:08
0

އިންޑިއާގެ ރިއަލިޓީ ޓިވީ ޝޯވް "އިންޑިއަން އައިޑޮލް" ގެ މަގުބޫލު ދެ ތަރިން ކަމުގައިވާ ޕަވަންދީޕް ރަޖަން އާއި އަރުނިތާ ކަންޖީލާ ރާއްޖޭގައި ޝޯވ އެއް ދޭގޮތަށް ހަމަޖެހިއްޖެއެވެ.

ދިވެހިންގެ މެދުގަިއވެސް މަގުބޫލް ޕަވަންދީޕް އަކީ ސޮނީ ޓީވީން ގެނެސްދިން "އިންޑިއަން އައިޑޮލް 12″ ކާމިޔާބުކުރި ލަވަކިއުންތެރިއެކެވެ. އަދި ހަމަ އެހެންމެ އަރުނިތާ އަކީ މި ޝޯވ ގައި ވާދަކޮށް ދެވަނަ ހޯދި ލަވަކިއުންތެރިއާ އެވެ.

ޓޯނިވަލްގެ ނަމުގައި ކުރިއަށް ގެންދާ މި އިވެންޓްގެ ހަރަކާތްތަކެއް ވަނީ މިދިއަ މަހުގެ ފަހު ކޮޅުގައިވެސް ކުރިއަށް ގެންގޮސްފައިއެވެ. އެގޮތުން ރާއްޖޭގެ ނަން މަޝްހޫރު ތަރިންނާއި ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ފުޓުބޯޅަ މެޗެއްގެ އިތުރުން މަޝްހޫރު ލަވަކިއުން ތެރިއާ ޕަލަކް މުންޗަލް އާއި އޭނާގެ ކޮއްކޮ ޕަލާޝް މުންޗަލް ވަނީ ޝޯވ އެއް ހުށައަޅައިދީފައިއެވެ.

ޓުއާނިވަލްގެ ނަމުގައި އިންޑިއާގެ ފަންނާނުންތަކެއް ގެނެސްގެން ހަރަކާތްތަކެއް ވެސް ހިންގި ޓީމުން އިންތިޒާކޮށްގެން ބާއްވާ މި ޝޯ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގަ އެވެ.

އެ ދެ މީހުންނާ އެކު "މޯލްޑިވިއަން އައިޑަލް" ގެ ބައެއް އެހެން ތަރިން ވެސް މި ޝޯވ ގައި ޕާފޯމް ކުރާނެ ކަމަށާއި، އަދި  ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބައެއް ލަވަކިޔުންތެރިން ވެސް މި ޝޯވގައި ފެންނާނެ ކަމަށް ވެއެވެ.

ޕަވަންދީޕާއި އަރުނިތާ އަކީ 2021ގެ އިންޑިއަން އައިޑަލް އިން ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާ، އަދި އޭގެ ފަހުން ވެސް އިންޑިއާގައި މަގުބޫލުކަން ހޯދަމުން އަންނަ ދެ ލަވަކިޔުންތެރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.