ރަންބީރު އާއި ޝްރައްދާ ގެ ފިލްްމް އިން ފުރަތަމަ ލަވަ "ތެރެ ޕިޔާރު މޭ"

ރަންބީރު އާއި ޝްރައްދާ ގެ ފިލްްމް އިން ފުރަތަމަ ލަވަ "ތެރެ ޕިޔާރު މޭ"

Author
ފާތިމަތު ނާވީ
03 ފެބްރުއަރީ 2023 08:36
0

ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ޝްރައްދާ ކަޕޫރް އާއި ރަންބީރު ކަޕޫރް އެކުގައި ފެނިގެންދާ އަލަތު ފިލްމް "ތޫ ޖޫޓީ، މޭ މައްކާރް" ގެ ފުރަތަމަ ލަވަ ލަވައެއް ދައްކާލައިފި އެވެ.

މި ލަވަ އަކީ "ތެރެ ޕިޔާރު މޭ" ގެ ނަން ދީފައިވާ މި އުފާވެރި، ލޯބީގެ ލަވައެކެވެ.  ޕްރިތަމްގެ މިއުޒިކަށް އަރިޖިތު ސިންގް އާއި ނިކިތާ ގާންދީ ކިޔާފައިވާ ވަރަށް މި ހިތްގައިމު ލަވައިން ރަންބީރު އާއި ޝްރައްދާގެ ކެމިސްޓްރީ ވަރަށް ރަނގަޅަށް ފެނިގެން ދެއެވެ.

މި ފިލްމް އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް އަލަށް ފެންނަ ފިލްމްއެވެ. އަދި މީގެ ކާސްޓުގައި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

ލަވް ރަންޖަން ޑައިރެކްޓް ކޮށްފައިވާ "ތޫ ޖޫޓީ މޭ މައްކާރް" އާ ބެހޭ ގޮތުން ރަންބީރް ދާދި ފަހުން ބުނެފައި ވަނީ މިއީ އޭނަގެ އެންމެ ފަހު ރޮމޭންޓިކް ކޮމެޑީ އަށް ވެދާނެ ކަމަށެވެ. މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ މާޗް 8 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.