ޝަމިތާގެ ރުޅިގަނޑު މީޑިއާއަށް، ބުނީ ސިންގަލް އެންޑް ހެޕީ ކަމަށް

ޝަމިތާގެ ރުޅިގަނޑު މީޑިއާއަށް، ބުނީ ސިންގަލް އެންޑް ހެޕީ ކަމަށް

Author
ފާތިމަތު ނާވީ
03 ފެބްރުއަރީ 2023 06:42
0

މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމިތާ ޝެޓީ ހުރީ ހުސްހަށި ބަޔަށް ކަމަށާއި އަދި ހުރީ ވަރަށް އުފަލުން ކަމަށް ބުނެ މީޑީއާއަށް ބޮޑު ރައްދެއްދީފިއެވެ.

އޭނާ މި ފަދައިން ވާހަކަ ދައްކައިފައި މިވަނީ އޭނާ އާއި ޓީވީ އެކްޓަރު އާމިރު އަލީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެ މީޑިއާއިން އެވާހަކަ ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. މި ވާހަކައަށް ރައްދުދީ ޝަމިތާ ވަނީ ޓްވިޓާގައި ވަރަށް ބޮޑަށް މިކަމާއި ނުރުހުން ފާޅުކޮށްފައިއެވެ.

ޝަމިތާ ބުނީ އޭނާ މިވަގުތު އެއްވެސް ލޯބިވެރިއެއް ނެއް ކަމަށާއި އެފަދަ ވާހަކަ ދައްކާ މީހުން ގެ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި އެނާ އާއި އާމިރު އާއި ކިޔައިގެން ދައްކާ ވާހަކަ ތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އޭނާ އައީ އާމިރު އާއި ދެމެދުގައި އެއްވެސް ގުޅުމެއް ނެއް ކަމަށެވެ.

ޝަމީތާ އާއި އާމިރު ރައްތެހިވެގެން އުޅޭ ކަމަށް މީޑިއާއިން ބުނަން ފެށި ދެމީހުން އެކުގައި ޕާޓީއަކަށް ވަންނަ ތަން ފެނުން ހިސާބުންނެވެ. އަދި ގައިގޯޅީ ގޮތަކަށް މި ފަޓީއިން އެދެމީހުން ވަނީ ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Amir Malik (@aamirali)

ޝަމީތާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޓިވީ އެކްޓަރު ރާގޭޝް ބުޕެޓް އާއިއެވެ. އެމީހުން ބައްދަލުވީ "ބޮބްގޮސް" އިންނެވެ. އެމީހުންގެ ގުޅުން މާގިނަ ދުވަހަކު ދެމިއެއް ނޯތެވެ.

އަނެއްކޮޅުން އާމިރު އަކީ ޓިވީ ބަތަލާ ސަންޖީދާ ޝޭހްގެ ކުރީގެ ފިރިމީހާ އެއެވެ. އެމީހުންގެ 9 އަހަރުވީ ކައިވެނި ރޫޅާލީ 2021 ވަނަ އަހަރުގައިއެވެ. އަދި އެދެމީހުން ނަށް ވަނީ ދަރިއެއް ވެސް ލިބިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.