އިންޓިވާ ޓިވީ އިންޑަސްޓްރީގެ އެންމެ މަގުބުލު އެއް އެކްޓަރު ޝަބީރު އަހުވާލީއާ އާއިލާ އާއި އެކުގައި ރާއްޖެ އަތުވެއްޖެއެވެ.
މި ދަތުރުގައި ޝަބީރުގެ އަންހެނުން ކަންޗަލް ކޯލް އާއި ދެކުދިން އެކުގައި ނަގާފައިވާ ފޮޓޯތަށް ކަންޗަލް ވަނީ އޭނާގެ އިންސްޓްރާގްމުގައި ހިއްސާ ކޮށްފައިއެވެ. އެމީހުން ތިބި ރިސޯޓް ނޭގުންނަމަވެސް އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ބާ އަތޮޅުގެ ރިސޯޓެއްގައިއެވެ.
މި ދަތުރުގެ އެއްވެސް ފޮޓޯއެއް އަދި އެއްވެސް ވީޑިއޯއެއް ޝަބީރު އޭނާގެ އެއްވެސް ސޯޝަލް މީޑިއާ ޕްލެޓް ފޯމްއެއްގައި ހިއްސާ ކޮށްފައިއެއް ނުވެއެވެ.
ޝަބީރު އޭނާގެ އެކްޓިންގ ކެރިއަރު ފަށައިފައިވަނީ 1999 ވަނަ އަހަރު ޒީ ޓީވީ އިން ގެނެސްދިން ޑްރާމާ "ހިޕްހިޕް ހުރޭ"އެވެ. އޭނާ އަކީ ޓީވީ އިންޑަސްޓްރީގެ އެންމެ މަގުބޫލު އަދި އެންމެ ޑިމާންޑް ބޮޑު އެއް ތަރިއެވެ. އޭނާ ވަނީ "ކުމްކުމް ބަގްޔާ" "ކަހާނީ ގަރްގަރްކީ" "ކުންދަލީ ބާގްޔާ" ފަދަ ކާމިޔާބު ޑްރާމާ ތަކުން ފެނިގެން ގޮސްފައިއެވެ. އޭނާ މިހާރު ފެނިގެންދަނީ ޒީޓީވީގެ މަގުބޫލު ޑްރާމާ "ޕިޔާރްކާ ފެހެލާ ނާމް: ރާދޭ މޯހަން" އިންނެވެ.
ކޮމެންޓު ފޮނުވާ