ފިރިހެނެއްގެ ބަރަހަނާ ފޮޓޯ ނަގާ، ބިރު ދައްކާ ފޭރުނު އަންހެނަކު 7 މަހަށް ޖަލަށް

ފިރިހެނެއްގެ ބަރަހަނާ ފޮޓޯ ނަގާ، ބިރު ދައްކާ ފޭރުނު އަންހެނަކު 7 މަހަށް ޖަލަށް

ގުޅުންހުރި

ދިވެހި ފިރިހެނަކަށް ފޯނު ކޮށްގެން ގެސްޓު ހައުސްއަކަށް ގެންގޮސް އޭނާގެ ބަރަހަނާ ފޮޓޯ ނަގާ އެފޮޓޯ އާންމު ކުރާނެކަމަށް ބުނެ ބިރުދައްކާ އަދި ފޭރުމުގެ ކުށް ސާބިތުވެ، ދިވެހި އަންހެނަކު 7 މަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ގދ. ގައްދޫ/އެތުމާގެ، އައިޝަތު ނަޒުމާއެވެ.

މިމައްސަލާގައި ނަޒުމާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 23 ޖެނުއަރީ 2021 ދުވަހު 17:30 ހާއިރު، އޭނާގެ ފޯނުން ކ. މާލެ/މ. ލުނބޯމާގެ އުތުރުބައި، މުހައްމަދު ނާސިރުގެ ފޯނަށް ގުޅާ ބައްދަލު ކުރަން ބޭނުންކަމަށް ބުނުމުން، މުހައްމަދު ނާސިރު އައިޝަތު ނަޒުމާ އެވަގުތު ހުރި ދުވަހު ކުއްޔަށް ދޭގޮތަށް ހުންނަ ގެސްޓް ހައުސްއަށް ދިޔަ ކަމަށެވެ.

އަދި މުހައްމަދު ނާސިރު އެ ގެސްޓު ހައުސްގެ 104 ނަންމަބަރު ކޮޓަރިއަށް ވައްދާ، މުހައްމަދު ނާސިރުގެ ބަރަހަނާ މަންޒަރު ފޮޓޯ ނަގާ، އެފޮޓޯ ފޭސްބުކަށް ލާނެކަމަށް ބިރުދައްކައިގެން، މުހައްމަދު ނާސިރު ގެންގުޅޭ ފޯނު އަތުލާ އެ ފޯނުން، މުހައްމަދު ނާސިރުގެ އެކައުންޓުން 2،000 ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޓްރާސްފާ ކޮށްފައި ވާކަމުގައެވެ.

ދައުލަތުން އައިޝަތު ނަޒުމާގެ މައްޗަށް ކޮށްފައިވާ ދައުވާގައި އިތުރަށް ބުނެފައިވަނީ، އޭގެ އިތުރުން މުހައްމަދު ނާސިރުގެ ވޮލެޓް އެ ކޮޓަރީގައި ބާއްވާފައި އޮއްވާ އެ ވޮލެޓުން 350 ރުފިޔާވެސް ނަގާ އޭގެ އިތުރުން މުހައްމަދު ނާސިރުގެ ފޯނުވެސް އައިޝަތު ނަޒަމާ ނަގާފައިވާ ކަމުގައެވެ.

ކުރިމިނަލް ކޯޓުން އައިޝަތު ނަޒުމާ ޖަލަށް ލާން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، އައިޝަތުގެ ނަޒުމާގެ އަމަލަކީ ފޭރުމުގެ އަމަލެއްކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އެގޮތުން އައިޝަތު ނަޒުމާ 7 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމް ކުރީ ކަމުގައި ހުކުމުގައި ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ