އުރްފީ މިފަހަރު ވަރަށް ތަފާު ހެދުމެއްގައި

އުރްފީ މިފަހަރު ވަރަށް ތަފާު ހެދުމެއްގައި

Author
ފާތިމަތު ނާވީ
03 ފެބްރުއަރީ 2023 10:43
0

ނިވާކަން ކުޑަކޮށް ހެދުން އެޅުމަށް މަޝްހޫރު އުރްފީ ޖާވެދް މުޅިން ތަފާތު ހެދުމެއް ލައި އެންމެން ސިއްސުވައިލައިފިއެވެ.

އުރްފީ މިފަހަރު ލައިފައިވަނީ ޖިންސްއެކެވެ. ޖިންސް އަކާއި އެކުގައި ޓޮޕެއްގެ ގޮތަށް ވެސް ޖިންސް އެއް ލައި އެންމެ ހައިރާންކޮށްލައިފައި ވާއިރުގައި އުރްފީ އަކީ ނިވާކަން ކުޑަ ހެދުން ލައިގެން އުޅެން މަޝްހޫރު މީހެކެވެ.

 

View this post on Instagram

 

A post shared by @varindertchawla

ރިއަލިޓީ ޝޯ "ބިގް ބޮސް" އޯޓީޓީ އިން ބެލުންތެރިންނަށް އެނގިގެން ދިއަ އުރްފީ ވަނީ ނިވާކަން ކުޑަ ހެދުން އަޅާތީ ޕޮލިހަށް ވެސް ހާޒިރު ކޮށްފައިއެވެ. އާންމު ދިރިއުޅުމުގައިވެސް ވަރަށް ނިވާކަން ކުޑަ ހެދުން އަޅާ އުރްފީ މަޝްހޫރު ވެފައި ވަނީވެސް ހެދުން ނުލައި އުޅޭ މީހެއްގެ ގޮތުގައިއެވެ.

އުރްފީ ބުނާ ގޮތުގައި އޭނާ ހެދުން އަޅާމިންގަޑަކީ ގާނޫން ހުއްދަ ކުރާ މިންގަޑު ކަމަށެވެ. އަދި  އޭނާ ހެދުން ނުލަނީ އެލާޖިކްވާތީއެވެ. އޭނާ ވަނީ ހެދުން ލުމުން އަލާޖިވޭ ކަމަށް ބުނެ ފޮޓޯއެއް ވެސް އާންމު ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Uorfi (@urf7i)

 

ބައެއް ސިލްސިލާ ޑްރާމާ ތަކުން ފެނިގެން ގޮސްފައިވާ އުރްފީ އަކީ މިހާތަނަށް އޭނާގެ އެކްޓިންގެ ކެރިއަރުގައި މާބޮޑު ކާމިޔާބެއް ހޯދިފައިވާ މީހެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ "ޗަންދުރާ ނަންދިނީ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހެ" އަދި "ކަސޯޓީ ޒިންދަގީ ކޭ" ގައިވެސް ކުޑަ ރޯލަކުން ފެނިގެން ގޮސްފައެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.