"ދަ ކުރޫ" އަށް ދިލްޖީތް

"ދަ ކުރޫ" އަށް ދިލްޖީތް

Author
ފާތިމަތު ނާވީ
02 ފެބްރުއަރީ 2023 03:48
0

ތިން ބަތަލާ އިން ލީޑުން ފެނިގެންދާ ފިލްމް "ދަ ކުރޫ" ގެ ރޯލަކަށް މަޝްހޫރު ޕަންޖާބީ އެކްޓަރު/ ލަވަކިއުންތެރިއާ ދިލްޖީތު ދޮސަންޖް ސޮއިކޮށްފި އެވެ.

"ދަ ކުރޫ" ގެ ލީޑުން ފެނިގެންދާނީ ކަރީނާ ކަޕޫރު އާއި ތާބޫ ގެ އިތުރުން ކްރިތީ ސެނަންއެވެ. ދިލްޖީތު ވަނީ މީގެ ކުރިން ކަރީނާ އަދި ކްރިތީ އާއި އެކުގައި މަސައްކަތް ކޮށްފައިއެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ކާމިޔާބު ފިލްމް "ގުޑް ނިއުސް" ގެ ރޯލަކުން ކަރީނާ އާއި އެކުގައި ދިއްޖީތު ވަނީ ފެނިގެން ގޮސްފައިއެވެ. މީގެ އިތުރުން 2016 ގެ "އުޅުތާ ޕަންޖާބް" އިން ވެސް ކަރީނާ އާއި ދިލްޖީތު ވަނީ އެކުގައި ފެނިގެން ގޮސްފައިއެވެ.  އަދި ހަަމަ އެފަދައިން 2019 ގެ  ފިލްމް "އަރުޖުން ޕަޓިއާލާ" ގައި ކްރިތީ އާއި އެކުގައި ދިލްޖީތު ވަނީ ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Kriti (@kritisanon)

ރާޖޭޝް ކްރިޝްނަން ޑައިރެކްޓް ކުރާ "ދަ ކުރޫ " އަކީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް އެކުގައި ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.