އައްޑޫ ސިޓީ ފޭދޫން ގޯތި ދޫކުރުމަށް މިމަހުގެ 24ވަނަ ދުވަހު ކުރި ޢިއުލާން ކެންސަލްކޮށް ގޯތި ދިނުން ހުއްޓާލައިފިއެވެ.
އައްޑޫ ސިޓީ ފޭދޫ އަވަށު އޮފީހުން ބައެއް މީޑިއާތަަކަށް މަޢުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުން މިހާރު ބަންދު ކޮށްފައިވާ ކަމަށެވެ. މިހެން ހަދަންޖެހުނީ ގޯއްޗަށް އެދޭ ފޯމްގައިމައްސަލައެއް އޮވެގެންކަމަށާ، ދެން ގޯތި ދޫޫކުރުމުގެ ކަންްކަން ކުރެވޭނީ އެފޯމު އއިސްލާޙުކޮށްފައި އެކަން އައްޑޫސިޓީކައުންސިލުން އެންގުމުންްކަމަށްވެސް ފޭޭދޫ އަވަށުު އޮފީހުުން ބައެއް މީޑިއާތަކުގައި ވދާާޅުވެފައިވެއެވެ.
ނިމިދިޔަ އެމްޑީޕީގެ ރިޔާސީީ ޕްރައިމެރީއާ ދިމާކޮށް، އައްޑޫގެ ބައެއް ރަށްރަށުން ގޯތިދޭން ޢިއުލާންކުރުމުން އެއީ ސިޔާާސީ ވަކި މަންފާއެއް ހޯދަން ކުރަން އުޅޭ ކަމެއްކަމަށް އޭރު ބައެއް ފަރާތްތަކުން ތުހުމަތުކުރިއެވެ.
ފޭދޫއިން ގޯތި ދޫކުރުމަށް އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ އެރަށުން ދިރިއުޅުމަށްޓަކައި 1500 އަކަފޫޓުގެ 300 ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލާފައިވާ ކަމުގައެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ވާގޮތުން، ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މިގޮތުން މިފަހަރު ދޫކުރާ 300 ގޯތީގެ ތެރެއިން ފޭދޫ އަވަށަށް ޚާއްސަ ކޮށްފައިވަނީ ދޫކުރާ 90 އިންސައްތަ (270 ގޯތި)އެވެ. ބާކީ ހުރި 10 އިންސައްތަ (30 ގޯތި) ޚާއްސަކޮށްފައިވަނީ އައްޑޫ ސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.