ބޮލީވުޑްގެ ވަރަށް ގާތް ދެރަހުމަތެރިން ކަމުގައިވާ އަޖޭ ދޭވްގަން އާއި ތާބޫ އެކުގައި ލޯބީގެ ފިލްމް އެއް ކުޅުމަށް އެއްބަސްވެފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަތުރަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
އެކުގައި ގިން ފިލްމް ތަކެއް ކުލެފައިވާ ދެތަރިން އެމީހުންގެ އެންމެ ޒުވާން އުމުރުގައިވެސް ވަނީ ލޯބީގެ ފިލްމްތަށް އެކުގައި ކުޅެފައިއެވެ. ނީރަޖް ޕާންޑޭ ޑައިރެކްޓް ކުރާ މި ރޮމޭންޓިކް- ތްރިއްލާ ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެއެވެ.
މި ދެތަރިންގެ އިތުރުން މި ފިލްމް އިން ޖިމީ ޝެރިގިލް އާއި ސާއި މަންޖުރޭކަރް ފެނިގެންދާނެކަމަށް ރިޕޯޓްތަށް ބުނެއެވެ. މި ފިލްމް ގެ މަސްކަތް ކުރަމުން އަންނަތާ މިހާރު 2 އަހަރެއްހައި ދުވަސް ވެފައިވާކަމަށް ނީރަޖް ވަނީ ބުނެފައިއެވެ. އަދި މިފިލްމް އެންމެ ފަހުން ހެދޭތީ ހުރި ވަރަށް އުފަލުން ކަމަށްވެސް ވަނި ބުނެފައިއެވެ.
އަޖޭ އާއި ތަބޫ އެކުގައި ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމް "ބޯލާ" އިންނެވެ. މި ފިލްމް އަކީ އަޖޭ އާއި ތާބޫ އެކުގައި ފެނިގެންދާ 9 ވަނަ ފިލްމްއެވެ. އެންމެ ފަހުން އެދެމީހުން އެކުގައި ފެނިގެންދިއައީ "ދްރިޝްޔަމް 2″ އެވެ.
ކޮމެންޓު ފޮނުވާ