30 މިލިއަން ރުފިޔާއިން އައްޑޫ ސިޓީ ކައުންސިލް ޖޫރިމަނާ ކޮށްފި

30 މިލިއަން ރުފިޔާއިން އައްޑޫ ސިޓީ ކައުންސިލް ޖޫރިމަނާ ކޮށްފި

Author
ހުސެއިން
31 ޖެނުއަރީ 2023 06:15
0

ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ) ގެ ދަށުން ހެދިފައިވާ ގަވާއިދު ނަންބަރު: 2012/R-27(ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) އާއި ގަވާއިދު ނަންބަރު 2011/R-9 (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ ދަށުން އައްޑޫސިޓީ  ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން އެކު ޖުމްލަ 30,897,955.00 (ތިރީސް މިލިއަން އަށްލައްކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް ފަހެއް) ދިވެހި ރުފިޔާ އިން އައްޑޫސިޓީ ކައުންސިލް އިދާރާ ޖޫރިމަނާ ކޮށްފިއެއްވެ.

އީޕީއޭއިން އައްޑޫ ސިޓީ ކައުންސިލް ޖޫރިމަނާ ކޮށްފައިވަނީ އެ ސިޓީގެ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ސަރަޙައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ، އެ ސަރަޙައްދުގައި ފެންގަނޑެއް ކޮނުމާއި، އަދި ގޮނޑުދޮށަށް ވެލި އެޅުމާގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން އެ މައްސަލަ އީޕީއޭއިން ބެލުމަށްފަހުއެވެ. އީޕީއޭއިން ބުނެފައިވަނީ ޤަވާއިދާ ޚިލާފަށް އައްޑޫ ރުއްޖެހެރެ ސަރަޙައްދުގެ 17818.09 އަކަ މީޓަރުގެ ސަރަޙައްދަކުން ބިން ސާފުކޮށްފައިވާކަމާއި، އެ ސަރަޙައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ދެނެގަނެވިފައި ވާކަމުގައެވެ.

އީޕީއޭއިން ބުނެފައިވަނޯ އައްޑޫ ސިޓީ ކައުންސިލަށް އަންގާފައިވަނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ، އެ އެޖެންސީއަށް ދެއްކުމަށް 30 ޖެނުއަރީ 2023 ގައި އައްޑޫސިޓީ ކައުންސިލް އިދާރާ އަށް ދެންނެވިފައި ވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.