ނިޔާވި ނިޝާހުއަކީ 2018ގައި، މޫދަށް އެރިއުޅެނިކޮށް ގެނބުނު ކުއްޖަކު ސަލާމަތްކުރި ހިތްވަރުގަދަ ސްކައުޓެއް

ނިޔާވި ނިޝާހުއަކީ 2018ގައި، މޫދަށް އެރިއުޅެނިކޮށް ގެނބުނު ކުއްޖަކު ސަލާމަތްކުރި ހިތްވަރުގަދަ ސްކައުޓެއް

Author
ހުސެއިން
31 ޖެނުއަރީ 2023 06:24
0

އދ. އަތޮޅުގައި އޮންނަ މާފުށިވަރު ރިސޯޓު ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ނިޔާވި ޒުވާނައަކީ 2018ގައި، މޫދަށް އެރިއުޅުނިކޮށް ގެނބުނު ކުއްޖަކު ސަލާމަތްކުރި ހިތްވަރުގަދަ ސްކައުޓެއްކަން ހާމަ ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި ޒުވާނާއަކީ ރ. އިނގުރައިދޫ, މާހާ, ނިޝާހް ޢަބްދުލް ޢަފޫރެވެ. އަދި މި ޒުވާނާ މަސައްކަތް ކުރަމުން އައިސްފައިވަނީވެސް، އދ. މަހިބަދޫ ކައިރީގައި އޮންނަ މި ރިސޯޓުގައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ނިޝާހު ނިޔާވުމާއި ގުޅިގެން ސްކައުޓު އެސޯސިއޭޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިޝާހުއަކީ 18 ނޮވެމްބަރ 2018ގައި ރ. އިނގުރައިދޫގައި މޫދަށް އެރިއުޅުނު ކުއްޖަކު ގެނބުނު ހިތާމަވެރި ހަދިސާގައި އެކުޖާގެ ފުރާނަ ސަލާމަތް ކުރުމުގައި ނަމޫނާއާއި ހިތްވަރު ދެއްކި ކުޅަދާނަ ސްކައުޓެއް ކަމުގައެވެ.

އަދި ނިޝާހުގެ އެ ހިތްވަރުގަދަ އަމަލަކީ ކޮންމެ ސްކައުޓަކަށްވެސް މަތިވެރި ނަމޫނާއެއްކަމުގައިވެސް ސްކައުޓު އެސޯސިއޭޝަންއިން ބުނެފައިވެއެވެ.

ނިޝާހު ނިޔާވެފައިވަނީ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެނބެމުން ދިޔަ މީހަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް އެކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

ސްކަައުޓު އެސޯސިއޭޝަންއިންވަނީ ނިޝާހުގެ ޖަނާޒާއަށް ވީހާވެސް ގިނަ ބަޔަކު ދިއުމަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.