މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފި

މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފި

Author
އަހުމަދު
11 ސެޕްޓެމްބަރ 2026 07:35
0

މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް މިރޭ މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރެފިއެވެ.

ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މެޓުން ވަނީ ރީނދޫ އެލާޓް ނެރެފައެވެ. މި އެލާޓް ދެމިއޮންނާނީ މިއަދު އިރުއޮއްސި 18:00 އިން ފެށިގެން މިރޭ 22:00 އަށެވެ. މި ވަގުތުތަކުގައި އެ ސަރަޙައްދަށް ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެއެވެ.

މީގެއިތުރުން، ބ. އަތޮޅުން ފެށިގެން ދެކުނާ ހަމައަށް ހުދު އެލާޓް ވެސް ވަނީ ނެރެފައެވެ. މިއަދު 18:00 އިން ފެށިގެން މިރޭ 23:00 އަށް ދެމިއޮންނަ މި އެލާޓް ވަގުތުގައި، އެ ސަރަޙައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުނެއެވެ.

ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވެ، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، މޫސުން އަލިވާން ފަށާނެ ކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.