ސްނޯކްލިންއަށް ދިޔަ ޒުވާނަކު ނިޔާވެއްޖެ

ސްނޯކްލިންއަށް ދިޔަ ޒުވާނަކު ނިޔާވެއްޖެ

Author
ހުސެއިން
31 ޖެނުއަރީ 2023 05:52
0

އދ. އަތޮޅުގައި އޮންނަ މާފުށިވަރު ރިސޯޓު ކައިރިއަށް ސްނޯކްލިންއަށް ދިޔަ ޒުވާނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި ޒުވާނާއަކީ ރ. އިނގުރައިދޫ, މާހާ, ނިޝާހް ޢަބްދުލް ޢަފޫރެވެ. އަދި މި ޒުވާނާ މަސައްކަތް ކުރަމުން އައިސްފައިވަނީވެސް، އދ. މަހިބަދޫ ކައިރީގައި އޮންނަ މި ރިސޯޓުގައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ނިޝާހު ނިޔާވުމާއި ގުޅިގެން ސްކައުޓު އެސޯސިއޭޝަންއިން ވަނީ ހިތާމަ ފާޅުކޮށްފައެވެ. އަދި އެ އެސޯސިއޭޝަންއިން ބުނެފައިވަނީ ނިޝާހުއަކީ 18 ނޮވެމްބަރ 2018ގައި ރ. އިނގުރައިދޫގައި މޫދަށް އެރިއުޅުނު ކުއްޖަކު ގެނބުނު ހިތާމަވެރި ހަދިސާގައި އެކުޖާގެ ފުރާނަ ސަލާމަތް ކުރުގައި ނަމޫނާއާއި ހިތްވަރު ދެއްކި ކުޅަދާނަ ސްކައުޓެއް ކަމުގައެވެ.

އަދި ނިޝާހުގެ އެ ހިތްވަރުގަދަ އަމަލަކީ ކޮންމެ ސްކައުޓަކަށްވެސް މަތިވެރި ނަމޫނާއެއްކަމުގައިވެސް ސްކައުޓު އެސޯސިއޭޝަން އިން ބުނެފައިވެއެވެ.

ނިޝާހު ނިޔާވެފައިވަނީ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެނބެމުން ދިޔަ މީހަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް އެކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

ސްކަައުޓު އެސޯސިއޭޝަންއިންވަނީ ނިޝާހުގެ ޖަނާޒާއަށް ވީހާވެސް ގިނަ ބަޔަކު ދިއުމަށް އިލްތިމާސް ކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.