ފަރުވާ އަށް ފަހު އަންނޫ ހޮސްޕިޓަލް އިން ދޫކޮށްލައިފި

ފަރުވާ އަށް ފަހު އަންނޫ ހޮސްޕިޓަލް އިން ދޫކޮށްލައިފި

Author
ފާތިމަތު ނާވީ
31 ޖެނުއަރީ 2023 09:24
0

ބޮލީވުޑްގެ އެކްޓަރު އަންނޫ ކަޕޫރު ކުއްލި ގޮތަކަށް ބަލިވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދިނުމަފަހު އިއްޔެގެ ވަގުތެއްގައި ދޫކޮށްލައިފައި ވާކަމަށް ހަބަރުތަށް ބުނެފިއެވެ.

އަންނޫ ހޮސްޕިޓަލް އަށް ގެންގޮސްފައިވަނީ މެޔަށް ތަދެއް އެރުމުގެ ސަބަބުންނެވެ. 4 ވަރަކަށް ދުވަހު އޭނާ ވަނީ ހޮސްޕިޓްލ ގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފައިއެވެ. 66 އަހަރުގެ އެކްޓަރަށް ފަރުވާ ދިނީ ނިއު ދިއްލީގެ ސާ ގަންގާ ރާމް ހޮސްޕިޓަލްގައި އެވެ.

އަންނޫ ހޮސްޕިޓަލްގައި އެޑްމިޓް ކޮށް ފައރުވާ ދިން ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް ކުރިންވެސް ވަނީ ހޮސްޕިޓަލުން މައުލޫމާތު ދީފައިއެވެ. އަދި އޭނާ އެއްވެސް ނުރައްކަލެއް ނެއްކަމަށްވެސް އޭރު ހޮސްޕޓަލުން މައުލޫމާތު ދިނެވެ.

 

View this post on Instagram

 

A post shared by Annu Kapoor (@annukapoor)

 

އައްނޫ އެންމެ ފަހުގެ ފިލްމަކީ 2021 ގައި ރިލީޒްކުރި އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީގެ "ޗެހެރޭ" އެވެ. އޭނާ ވަނި ކެރިއަރުގައި ކާމިޔާބު ފިލްމް ތަކެއް ކުޅެ އާންމުންގެ މަގުބޫލުކަން ހޯދައިފައިއެވެ. ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާ އެކްޓަރު ގެ ކުރިއަށް އޮތް ފިލްމް އަކީ ސަބް މޯ މާޔާ އާއި "ހަމް ދޯ ހަމާރޭ ބާރާހް"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.