މިހާރު އުމުރުން 41 އަހަރުގެ ބަތަލާ ދިއާ މިރްޒާ އަށް އަލަތު ދަރިފުޅު ލިބުނީ 2021 ވަނަ އަހަރުގައިއެވެ. އޭނާގެ ދެވަނަ ކައިވެންޏަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ނަމަކީ އަވްޔާން އާޒާދް ރޭކީއެވެ.
ދޮޅު އަހަރުގެ އަވްޔާން އަކީ ދިއާގެ ދިރިއުޅުން ކަަމަށް ސިފަ ކުރަމުން ދިއާ މިފަހުން މީޑިއާއާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ދަރިފުޅު އެއްލައިލައިފައި ޝޫޓިން ތަކަށް ދާވަރަށް ވުރެ އަދި ދަރިފުޅު ކުޑަ ކަމަށެވެ. އަދި އެ އުމުރުގައި ޝޫޓިން ތަކަށް ދަރިފުޅު އެކަނި ކޮށްލައިފައިދާން ބޭނުން ނުވާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ދަރިފުޅު ލިބުން ފަހުން ސްކްރީން އާއި ވަރަށް ބޮޑަށް ފެޔަށް ޖެހިފައިވާ ދިއާ ބުނީ މިހާރު ފިލްމް ކުޅުން އެއްކޮންހެން ހުއްޓުމަށް އައިސްފައިވާ ކަމަށެވެ. އަދި ބައެއް ފިލްމް ތަކުން ލިބޭ ރަނގަޅު ރޯލުތަކަށްވެސް މިހާރު ނޫނެކޭ ބުނާކަމަށާއި ސަބަބަކީ އޭނާގެ ދެލޮލުގެ ނޫރު ފަދަ ދަރިފުޅު ކަމަށް އޭނާ ވަނި ބުނެއެވެ.
ނަމަވެސް ދިއާ ބުނި ގޮތުގައި އެހެން ބުންޏަސް އޭނާއަށް ވަރަށް ކަމުދާ ކަހަލަ ވާހަކައެއްގެ މައްޗަށް ފިލްމެއް ތައްޔާރުކުރާނަމަ ދަރިފުޅު ގޮވައިގެން ނުވަތަ ކުޑަ ދުވަސްކޮޅަކަށް ގޭގައި ބަހައްޓާފައި ވެސް އެ ފިލްމެއްގެ ޝޫޓިން އަށް އޭނާ ދާނެ އެވެ.
އޭނާ ބުނީ މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރާ ހިތްވަނީ އަންހެނުން ބާރުވެރި ކުރުވާ ރޯލުތަށް ކަމަށެވެ. އޭނާ އެންމެ ފަހުން ފެނިގެންދިއައީ މިދިއަ އަހރުގެ ފިލްމް "ވައިލްޑް ޑޯގް" ގެ ރޯލަކުންނެވެ. އޭނާ ވަނީ 2020 ގެ ފިލްމް "ތައްޕަޅު" ގެ ރޯލަކުން ވެސް ފެނިގެން ގޮސްފައިއެވެ. ދިއާގެ ކުރިއަށް ހުރި ފިލްމް ތަކުން އެންމެ ފާހަގަ ކޮށްލެެވެނީ "ޑަންކީ"އެވެ. މި ފިލްމްގެ ލީޑުން ފެނިގެންދާނީ ޝާހުރުކް ހާން އާއި ތާޕްސީ ޕައްނޫއެވެ.
ކޮމެންޓު ފޮނުވާ