ޑެންމާކުގައި ކީރިތި ޤުރްއާނުގެ ކޮޕީތައް އަންދާލި މައްސަލަ ދިވެހި ސަރުކާރުން ކޮށްވެރިކޮށްފި

ޑެންމާކުގައި ކީރިތި ޤުރްއާނުގެ ކޮޕީތައް އަންދާލި މައްސަލަ ދިވެހި ސަރުކާރުން ކޮށްވެރިކޮށްފި

Author
ޢަލީ އާދަމް
30 ޖެނުއަރީ 2023 10:43
0

ޑެންމާކުގެ ކޯޕަންހޭގަންގައި، ސްވިޑަންގެ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީއަކުން ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ޤުރްއާނުގެ ކޮޕީއެއް އަންދާލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިޔަން މުސްލިމުންގެ ދީނީ އިހުސާސްތަކާ ދެކޮޅަށް ހިންގާފައިވާ ދަށު ދަރަޖައިގެ ޢަމަލެއްކަމަށެވެ. އަދި މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫންކަމަށާ، މިއީ މުސްލިމުނާމެދު ހިންގާފައިވާ އިހާނެތި ޢަމަލެއްކަމަށްވެސް އެބަޔާނުގައިވެއެވެ.

އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ މި ބިރުވެރި އަމަލުތަކުގެ ސަބަބުން ތަޙައްމަލުކުރުމުގެ އަސާސްތައް ދެމެހެއްޓުމަށް ހުރަސްއެޅި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނަށް ފުރައްސާރަކުރުން އިތުރުވެ، ސުލްހަމަސަލަސްކަމާއި އެއްބައިވަންތަކަން ގެއްލި، ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވަރަށްވެސް ދެރަ
އަސްލުގަ ފުރަތަމަ ޤައުމަކަށް މިދައުލަތް ވާންޖެހޭނެ. އެކަމަކު ކިރިޔާފަނުފުލުން މިލައްވާލަނީ...