ދިއްދޫގައި އިސްލާމީ މަރުކަޒެއް ހަދަނީ!

ދިއްދޫގައި އިސްލާމީ މަރުކަޒެއް ހަދަނީ!

Author
ޢަލީ އާދަމް
29 ޖެނުއަރީ 2023 02:23
0

ހއ.ދިއްދޫގައި އިސްލާމީ މަރުކަޒެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިއީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތި ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. މިމަޝްރޫޢުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އެމިނިސްޓްރީން ވަނީ ޢިއުލާން ކޮށްފައެވެ.

މި މަސައްކަތްކުރުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުސޫލުގެ މަތިން ކަމަށާ، މި މަސައްކަތުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 240,000 ރުފިޔާ ށަހަޅަން ޖެހޭކަމަށް ފިނޭންސް މިނިސްޓްރީގެ ޢިއުލާނުގައިވެއެވެ. ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހުގެ ތެރޭގައި ބިޑް ސެކިޔުރިޓީ ހުށަހަޅަން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.