ކަޕޫރު އާއިލާ އިން އަނެއްކައިވެސް ބޮލީވުޑް އަށް ކުއްޖަކު ނުކުންނަނީ

ކަޕޫރު އާއިލާ އިން އަނެއްކައިވެސް ބޮލީވުޑް އަށް ކުއްޖަކު ނުކުންނަނީ

ގުޅުންހުރި

އާންމުކޮން ހަގީގީ ހާދިސާ ތަކުގެ މައްޗަށް ފިލްްމް ހެދުމަށް މަޝްހޫރު ޑައިރެކްޓަރު ހަންސަލް މެހެތާގެ ކުރިއަށް އޮތް ފިލްމް "ފަރާޒް" އިން ކަޕުރު ހާންދާންގެ ކުއްޖެއް ބޮލީވުޑްއަށް ތައާރަފް ކުރަން ތައްޔާރު ވެއްޖެއެވެ.

ބޮލީވުޑްއަށް މުޅިން އަލަށް ނުކުންނަނީ ކުރީގެ މަޝްހޫރު އެކްތަރު ޝަޝީ ކަޕޫރުގެ ކާފަ ދަރިފުޅު ޒަހާން ކަޕޫރެވެ. ޒަހާން ފެނިގެންދާނީ މި ފިލްމްގެ ލީޑް ރޯލުންނެވެ.

ފެބްރުއަރީ 3ގައި ރިލީޒްކުރަން ތާވަލް ކޮށްފައިވާ މި ފިލްމަކީ 2016ގައި ބަންގްލަދޭޝް އަށް ދިން ޓެރަރިސްޓް ހަމަލާގެ ވާހަކަތަކެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މި ހާދިސާގައި ކުށެއްނެއް އެތަށް ބަޔަކު ވަނީ މަރުވެފައިއެވެ. 'ހޯލޭ އާޓްސަން ކެފޭ' އަށް ދިން މިހަމަލާ، އެ ވަގުތު ކަން ހިނގާ ދިޔަ ގޮތް ދައްކުވައިދޭ މި ފިލްމްއަކި އެކްޝަން ތުރިއްލާއެކެވެ.

މި ފިލްމްގެ ޓްރެއިލާ ލޯންޗު ކުރުމާއި އެކުގައި ކަޕުރު ހާންދާންގެ އެންމެ ނުފޫޒުގަދަ އެއް ބަތަލާ ކަރީނާ ކަޕުރު ހާން ވަނީ  ވަނީ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ޒަހާން އަށް ހޫނު މަރުހަބާއެއް ކިޔައި އިންސްތްގރާމްގައި ޕޯސްޓެއް ހިއްސާކޮށްފައިއެވެ.

އަދި ހަމަ އެއާއިއެކުގައި ކަޕޫރު އާއިލާގެ ޅީދަރިފުޅު އާލިއާ ބަޓް ވެސް ވަނީ ޒަހާންގެ ފިލްމަށް ތައުރީފުކޮށް މެސެޖެއް ޕޯސްޓްކޮށްފަ އެވެ. ސޯޝަލް މީޑިއާގައި މި ޓްރެއިލާ ލޯންތު ކުރުމާއި އެކުގައި ޒަހާން އާއި ޝަޝީ ޅައިރު ފެންނަ ގޮތާ ވަރަށް ވައްތަރު ކަމަށް ބުނެ ގިން ބަޔަކު ވަނީ ކޮމެންޓް ކޯށްފައިއެވެ. ޒަހާން އަކީ ޝަޝީގެ ފިރިހެން ދަރިފުޅު ކުނާލް ކަޕޫރުގެ ދަރިއެކެވެ.

 

View this post on Instagram

 

A post shared by Zahan (@zahankapoor)

އަންނަ މަހުގެ 3 ވަނަ ދުވަހުގައި ރިލީޒް ކުރާ މި ފިލްމް އިން ޒަހާން ކަޕޫރު އާއި އެކުގައި ފެނިގެންދާނީ އަދިއްތިޔާ ރާވަލް، ޖޫހީ ބައްބަރު، އާމިރް އަލީ، ސަޗިން ލާލްވާނީ، ޖަތިން ސަރިން، ނީނަދް ބަޓް، ހަރްޝަލް ޕަވާރް، ޕަލަކް ލާލްވާނީ، އަދި ރޭޝަމް ސަހާނީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ