މިއަދު ކުރިޔަށް ދިޔަ އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރެވެމުން ދާއިރު، މިހާތަނަށް ވޯޓުގެ %50 އަށްވުރެ ގިނަ ވޯޓު ގުނާނިމި، ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވާ އިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެ، އެމްޑީޕީގެ 2023ގެ ރިޔާސީ ޓިކެޓް ރައީސް ސާލިހަށް ކަށަވަރު ވެއްޖެއެވެ.
މިއަދު ކުރިޔަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާތައް އިއުލާން ކުރެވެމުން ދާއިރު، މިހާތަނަށް ވަނީ ވޯޓުގެ %50 އަށްވުރެ މަތިން ވަގުތީ ނަތީޖާ އިއުލާން ކޮށްފައެވެ. މިނަތީޖާތައް ދައްކާގޮތުން، މިހާރުވެސް ރައީސް ސާލިހުވަނީ ވޯޓުގެ %60 އަށްވުރެ މަތިން ކުރި ހޯއްދަވާފައެވެ.
މިގޮތުން މިހާތަނަށް 23،856 ވޯޓް ގުނާ ނަތީޖާ އިއުލާން ކޮށްފައިވާއިރު، 15،267 ވޯޓު ރައީސް ސާލިހުވަނީ ކާމިޔާބު ކުރައްވާފައެވެ. މިއީ މިހާތަނަށް ގުނާ ނިމިފައިވާ ވޯޓުގެ %64 އެވެ. ނަޝީދަށް ކާމިޔާބު ކުރެވިފައިވަނީ 8،482 ވޯޓެވެ. މި ނަތީޖާއަށް ބަލާއިރު، ނުގުނާ މިހާރު ބާކީ ވޯޓުތަކުން ދެން ނަޝީދަށް ރައީސް ސާލިހުގެ މައްޗަށް ކުރި ހޯއްދެވޭނެކަމަށް ނުބެލެވެއެވެ. އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުނެފައިވަނީ 132 ވޯޓު ފޮށި ގުނައި ނިމި މިހާތަަނަށް ނަތީޖާ އިއުލާންކޮށްފައިވާ ކަމަށެވެ.
އަދި ބެލެވެމުންދާ ގޮތުގައި، މި އިންތިޚާބުން ކުރިން ހީކުރެވުނު މިންވަރަށްވުރެ ބޮޑު ބައްޔަކާއި ނަޝީދަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ.
މިހާރު، މިއަދު ވޯޓުލުން ކުރިޔަށްދިޔަ ހުރިހާ ފޮއްޓެގެ ނަޖީތާވެސް އިއުލާން ކުރެވެމުން ދާއިރު، އަދިވެސް ހުރިހާ ފޮއްޓެއްގެ ނަތީޖާ އިއުލާން ކޮށް ނިމިފައެއް ނުވެއެވެ.
އެހެންނަމަވެސް، ކުރިން ހީކުރެވުނު ގޮތާއި ޚިލާފަށް، ރާއްޖޭގެ އާބާދީ ބޮޑު ހުރިހާ ދާއިރާއަކުންވެސް ނަޝީދުގެ މައްޗަށް ރައީސް ސާލިހުވަނީ ކުރި ހޯއްދަވާފައެވެ. އޭގެ ތެރޭގައި މާލެވެސް ހިމެނެއެވެ. މިގޮތުން މާލޭގެ ނަތީޖާއަށް ބަލާއިރު ރައީސް ސާލިހު އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ %52ގެ ނަތީޖާއަކުންނެވެ. ނަޝީދަށް މާލެއިން ހޯއްދެވިފައިވަނީ %48 ވޯޓެވެ.
މިހާރު އިއުލާން ކުރެވިފައިވާ ބައެއް ދާއިރާތަކަށް ބަލާއިރު، ރައީސް ސާލިހުގެ އަމިއްލަފުޅު ރަށް ހިމެނޭ ހިންނަވަރު ދާއިރާގެ %98 ރައީސް ސާލިހު ކާމިޔާބު ކުރައްވާފައިވާއިރު، އެ ދާއިރާއިން ނަޝީދަށް ލިބިފައިވަނީ އެންމެ 12 ވޯޓެވެ.
ތަފްސީލް އަންނަނީ..