މިއަދު ކުރިޔަށް ދިޔަ އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރެވެމުން ދާއިރު، މިހާތަނަށް ވޯޓުގެ %50 ގުނާ، އަދި ނަތީޖާ އިއުލާން ކޮށްފައިވާ އިރު، މިހާތަނަށް ގުނާފައިވާ ވޯޓުގެ %60 އަށްވުރެ މަތިން ރައީސް ސާލިހުވަނީ ކާމިޔާބު ކުރައްވާފައެވެ.
މިގޮތުން މިހާތަނަށް 23،856 ވޯޓް ގުނާ ނަތީޖާ އިއުލާން ކޮށްފައިވާއިރު، 15،267 ވޯޓު ރައީސް ސާލިހުވަނީ ކާމިޔާބު ކުރައްވާފައެވެ. މިއީ މިހާތަނަށް ގުނާ ނިމިފައިވާ ވޯޓުގެ %64 އެވެ. ނަޝީދަށް ކާމިޔާބު ކުރެވިފައިވަނީ 8،482 ވޯޓެވެ. މި ނަތީޖާއަށް ބަލާއިރު، ނުގުނާ މިހާރު ބާކީ ވާޓުތަކުން ދެން ނަޝީދަށް ރައީސް ސާލިހުގެ މައްޗަށް ކުރި ހޯއްދެވޭނެކަމަށް ނުބެލެވެއެވެ.
މިހާރު އިއުލާން ކުރަމުންދާ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ކުރިން ހީކުރެވިފައިވާ ގޮތާއި ޚިލާފަށް މާލޭގެ ބައެއް ފޮށިތަކުންވެސް ރައީސް ސާލިހުވަނީ ކުރި ހޯއްދަވާފައެވެ. މިގޮތުން މާލޭގެ ދާއިރާތަކުގެ ތެރެއިން ރައީސް ސާލިހު ބޮޑުކޮށް ކުރި ހޯއްދަވާފައިވާ ދާއިރާތަކުގެ ތެރޭގައި ހެންވޭރު ދެނުކު ދާއިރާ ހިމެނެއެވެ.
އޭގެ އިތުރުން ރައްޖޭގަ އޮތް ދެވަނައަށް އެންމެ އާބާދީ ބޮޑު ދެވަނަ ސިޓީ ކަމުގައި އައްޑޫ ސިޓީގެ ބައެއް ފޮށިތައްވެސް ރައީސް ސާލިހު ވަނީ ބޮޑުތަފާތަކުން ކުރި ހޯއްދަވާފައެވެ. އަދި ފުވައްމުލަކު ސިޓީގެ ފޮށިތަކުންވެސް ކުރިން ހީކުރެވުނު ގޮތާއި ޚިލާފަށް ރައީސް ސާލިހު އުޅުއްވަނީ ތަފާތު ބޮޑުކޮށް ކުރީގައެވެ.
އާބާދީ ބޮޑު ބައެއް ސިޓީތަކަކީ މީގެ ކުރިން ވަރަށް ވާދަވެރިވާނެކަމަށް ބެލެވެމުން އައި ސިޓީތަކެވެ. މިގޮތުން ހުވަދޫ އޮތޮޅުގެ ގިނަ ރަށްތަކުންވެސް ރައީސް މިވަގުތު އުޅުއްވަނީ ކުރީގައެވެ.
One Response
ދެން އަތް ޖަހާ ބާރައް ޖަހާ