ގިނަ ފޮށިތަކުން ރައީސް ސާލިހު ކުރީގައި، ރައީސް އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ދައްކައިފި

ގިނަ ފޮށިތަކުން ރައީސް ސާލިހު ކުރީގައި، ރައީސް އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ދައްކައިފި

މިއަދު ކުރިޔަށްދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ނިމި، ގިނަ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން ދާއިރު، ނަޝީދު ކުރި ހޯއްދަވާނެކަމަށް ކުރިން ހީކުރެވިފައިވާ ގިނަ ދާއިރާތަކުން ރައީސް ސާލިހު ކުރި ހޯއްދަވާ، ޕްރައިމަރީ ރައީސް ސާލިހު ކާމިޔާބު ކުރައްވާނެކަމަށް ދައްކައިފިއެވެ.

މިގޮތުން، މިހާރު އިއުލާން ކުރަމުންދާ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ކުރިން ހީކުރެވިފައިވާ ގޮތާއި ޚިލާފަށް މާލޭގެ ބައެއް ފޮށިތަކުންވެސް ރައީސް ސާލިހުވަނީ ކުރި ހޯއްދަވާފައެވެ. މިގޮތުން މާލޭގެ ދާއިރާތަކުގެ ތެރެއިން ރައީސް ސާލިހު ބޮޑުކޮށް ކުރި ހޯއްދަވާފައިވާ ދާއިރާތަކުގެ ތެރޭގައި ހެންވޭރު ދެނުކު ދާއިރާ ހިމެނެއެވެ.

އޭގެ އިތުރުން ރައްޖޭގަ އޮތް ދެވަނައަށް އެންމެ އާބާދީ ބޮޑު ދެވަނަ ސިޓީ ކަމުގައި އައްޑޫ ސިޓީގެ ބައެއް ފޮށިތައްވެސް ރައީސް ސާލިހު ވަނީ ބޮޑުތަފާތަކުން ކުރި ހޯއްދަވާފައެވެ.

އާބާދީ ބޮޑު ބައެއް ސިޓީތަކަކީ މީގެ ކުރިން ވަރަށް ވާދަވެރިވާނެކަމަށް ބެލެވެމުން އައި ސިޓީތަކެވެ. މިގޮތުން ހުވަދޫ އޮތޮޅުގެ ގިނަ ރަށްތަކުންވެސް ރައީސް މިވަގުތު އުޅުއްވަނީ ކުރީގައެވެ. އަދި މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ނަޝީދު އުއްޅުވަނީ %54 އަށްވުރެ ދަށުގައެވެ.

ތަފްސީލް އަންނަނީ..

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *