މަސާބާ އަނެއްކައިވެސް ކައިވެނި ކޮށްފި

މަސާބާ އަނެއްކައިވެސް ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
30 ޖެނުއަރީ 2023 07:41
0

އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާ އަނެއްކާ ވެސް ކައިވެނިކޮށްފި އެެވެ. އޭނާ ކައިވެނި ކޮށްފައިވަނީ ބައެއް ފިލްމް ތަކުން ފެނިގެން ގޮސްފައިވާ މާ މަޝްހޫރު ނޫން އެކްޓަރު އެކްޓަރު ސަތިއަދީޕް މިސްރާއާއިއެވެ.

މަސާބާ އެންމެ ފުރަތަމަ ކައިވެނި ކުރީ އިންޑިއާގެ ވިޔަފާރީ ވެރިއާ އަދި ޕްރޮޑިއުސަރު މަދޫ މަންޓޭނާ އާއިއެވެ. އެކައިވެނި ކުރެވިގެން ދިއައީ 2015 ވަނަ އަހަރުގައިއެވެ. އަދި ކައިވެނި ރޫޅިފައި ވަނީ 2019 ވަނަ އަހަރުގައިއެވެ.

 

View this post on Instagram

 

A post shared by Masaba (@masabagupta)

އަނެއްކޮޅުން ސަތިއަދީޕް ވަނީ 2009 ވަނަ އަހަރުގައި ބަތަލާ އަދިއްތީ ރާއޯ ހައިދްރީ އާއި ކައިވެނި ކޮށްފައިއެވެ. އެކައިވެނި ރޫޅާ ލައިފައިވަނީ 2013 ވަނަ އަހަރުގައިއެވެ. ދެމީހުން މީގެ ކުރިން ކައިވެނި ކުރި ނަމަވެސް އެއްވެސް މީހަކަށް ދަރިއަކު ލިބިފައިއެއް ނުވެއެވެ.

މި ފަހުން ބޮލީވުޑުން ގިނަ ފުރުސަތަކެއް ލިބެމުން އަންނަ ދުވަސްވީ، ބިޒީ ބަތަލާ ނީނާ ގުޕްތާ، 63، ގެ ހަމައެކަނި ދަރިފުޅު މަސާބާ އަކީ ބޮލީވުޑްގެ ފަންނާނުގެ މެދުގައި ވަރަށް މަގުބޫލު އަދި ނުފޫޒުގަދަ ޑިޒައިނަރެކެވެ.

 

View this post on Instagram

 

A post shared by Masaba (@masabagupta)

މަސާބާގެ ލައިފްސްޓައިލް ދައްކުވައިދޭ ސީރީޒެއް ދެ ސީޒަނަކަށް "މަސާބާ މަސާބާ" ގެ ނަމުގައި ނެޓްފިލްސް އިން ވަނީ ޝޯވ އެއް ގެނެސްދީފައިއެވެ. އަދި ޒް "މޮޑަން ލަވް" ގެ ހިންދީ ވާޝަން ގެ ސެގްމަންޓަކުން ވެސް މަސާބާ ފެނިފައިވެ އެވެ. މީގެ އިތުރުން  އޭނަ ވަނީ އެމްޓީވީގެ 2019 ގެ "އެމްޓީވީ ސުޕަ މޮޑެލް އޮފް ދި އިޔާ" ގައި ޖަޖެއްގެ ގޮތުގައި މަސައްކަތް ކޯށްފައިއެވެ.

ސަތިޔަދީޕް ބޮލީވުޑް އަށް ތައާރަފްވީ 2011 ވަނަ އަހަރުގެ ފިލްމް "ނޯވަން ކިލްޑް ޖެސިކާ" އިންނެވެ. އޭނާ ވަނީ "ލަވް ބްރޭކްއަޕް ޒިންދަކީ" އާއި "ޓައިގާސް" އަދި "ވިކްރަމް ވޭދާ" އިން ސަޕޯޓިންގ ރޯލުތަކުން ފެނިގެން ގޮސްފައިއެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.