އައްނޫ ކަޕޫރް އެޑްމިޓްކޮށްފި

އައްނޫ ކަޕޫރް އެޑްމިޓްކޮށްފި

Author
ފާތިމަތު ނާވީ
28 ޖެނުއަރީ 2023 11:40
0

ބޮލީވުޑްގެ އެކްޓަރު އަންނޫ ކަޕޫރު ކުއްލި ގޮތަކަށް ބަލިވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށް ހަބަރުތަށް ބުނެފިއެވެ.

އަންނު ހޮސްޕިޓަލް އަށް ގެންގޮސްފައިވަނީ މެޔަށް ތަދެއް އެރުމުގެ ސަބަބުންނެވެ.  66 އަހަރުގެ އެކްޓަރަށް ފަރުވާ ދެމްުން ގެންދަނީ ނިއު ދިއްލީގެ ސާ ގަންގާ ރާމް ހޮސްޕިޓަލްގައި އެވެ.

އެޑަމިޓް ކޯށްފަރުވާ ދެމުން އަންނަ އިރުގައި އޭނާގެ ހާލު ރަނގަޅު ކަމަށްވެއެވެ. އަދި އެއްވެސް ނުރައްކާތެރި ކަމެއް ނެއް ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައިއެވެ.

 

View this post on Instagram

 

A post shared by Annu Kapoor (@annukapoor)

އައްނޫ އެންމެ ފަހުގެ ފިލްމަކީ 2021 ގައި ރިލީޒްކުރި އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީގެ "ޗެހެރޭ" އެވެ. އޭނާ ވަނި ކެރިއަރުގައި ކާމިޔާބު ފިލްމް ތަކެއް ކުޅެ އާންމުންގެ މަގުބޫލުކަން ހޯދައިފައިއެވެ. ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާ އެކްޓަރު ވަނީ "މިސްޓަ އިންޑިއާ" އާއި "ތޭޒާބު" އާއި "ބޭތާބު" އާއި "ރާމް ލަކަން" އަދި "ޗަލްބާޒް" ފަދަ ފިލްމްތަށް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.