ރަންބީރު ފޭނެއްގެ ފޯނު ހޫރާލައިފި

ރަންބީރު ފޭނެއްގެ ފޯނު ހޫރާލައިފި

Author
ފާތިމަތު ނާވީ
27 ޖެނުއަރީ 2023 05:28
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު އޭނާގެ ފޭނެއްގެ ފޯނު އެއްލައިލައިފިއެވެ. އެ ފޯނު އެއްލައިލައިލާ ވީޑީއޯ އެއް މިހާރު އަންނަނީ ސޯޝަލް މީޑީއާގައި ވައިރަލް ވަމުންނެވެ.

މިވީޑީއޯގައި ފެންނަ ގޮތުގައި ރަންބީރު އޭނާއަށް ސަޕޯޓު ކުރާ ފޭނަކާއި އެކުގައި ސެލްފީއެއް ނަގައެވެ. އެއަށްފަހު ފޯނު ދިނުމަށް އެދެއެވެ. އަދި ފޯނު ދިނުމުން ބަލާލުމަށްފަހު ބޯމަތިން ފޯނު ހޫރާލައެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މި ވީޑީއޯ އަށް ގިނަ ބަޔަކު ވަނީ ކޮމެންޓް ކޮށްފައިއެވެ. އަދި އަސްލަށްވެސް ރަންބީރު އެ ފޯނު އެއްލާލީތޯ ގިނަ ބަޔަކު ވަނީ ސުވާލު ކޮށްފައިއެވެ. އަދި ފޯނު އަސްލުގައިވެސް އެއްލައިލި ނަމަ އެއީ ވަރަށް ނާތާހުޒީބް އަދި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވަނީ ބުނެފައިއެވެ.

އަދި ބައެއް މީހުން ބުނެފައިވަނީ ރަންބީރުގެ މި އަމަލުން ކޮސްވެފައިވާ ކަމަށެވެ. އަދި ރަންބީރު ހުރީ ހަމަ ހޭގައިތޯވެސް ބައެއް މީހުން ވަނީ ސުވާލު ކޮށްފައިއެވެ. ބެލެވޭ ގޮތުގައި މީ ރަންބީރު އިވެންޓެއްގައި ބައިވެރިވެފައި ނިކުތްތަނުން ހިނގިކަމެކެވެ.

ރަންބީރު މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ތޫ ޖޫޓީ މޭ މައްކާރް" ގެ ޕްރޮމޯޝަންތަށް ކުރިއަށް ގެންދަމުންނެވެ. މި ފިލްމް އަކީ ރަންބީރު ކަޕޫރު އާއި އެކުގައި ޝްރައްދާ ކަޕޫރު ފެނިގެންދާ ރޮމޭންޓިކް ކޮމެޑީއެވެ. ފިލްމް ސިނަމާތަކަށް ގެނައުމަށް ތާވަލް ކޮށްފައިވަނީ މާޗް މަހުގެ 8 ވަނަ ދުވަހުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖޮލީގުޑް.
ފެން ބޮއިފަ ތަށި އެއްލާލީ ކަމަށް ތިވާނީ.