"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ނަންތައް އަންނަ މާރޗުމަހު އިއުލާން ކުރަނީ

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ނަންތައް އަންނަ މާރޗުމަހު އިއުލާން ކުރަނީ

Author
ހުސެއިން
26 ޖެނުއަރީ 2023 02:36
0

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ނަންތައް އަންނަ މާރޗު މަހު އާންމުކޮށް އިއުލާންކުރަން ހައުސިންގ މިނިސްޓްރީން ވަނީ ނިންމާފައިވާކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ، ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތެވެ. އަދި އޭގެ އިތުރުން މިހާރު ކުރިޔަށް ދަނީ ގޯތި ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގެ މަސައްކަތްތައް ކަމަށްވެސް އެޗްޑީސީން ހާމަކޮށްފައި ވެއެވެ. އޭގެ ތެރޭގައި، މި ސަރަހައްދުގައި ޔުޓިލިޓީގެ ހިދުމަތް ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުންނެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން، މާލެގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕްލޮޓްތައް ކްލިއާކޮށް، ގޯތި ކަނޑައެޅުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މިއަދު ހައުސިންގް މިނިސްޓްރީއާއިއެކު އެޗްޑީސީން ވަނީ މަސައްކަތް ކޮށްފައެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލެގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަށް ސާފުކުރުމުގެ މަސައްކަތް މިއަދު އެޗްޑީސީއާއި ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ވާކަމުގައެވެ.

އެޗްޑީސީން އިތުރަށް ހާމަ ކޮށްފައިވާ ގޮތުގައި، އޭގެ އިތުރުން ޕްލޭނިންގ މިނިސްޓްރީއާއިއެކު ކުރެވެމުންމުދާ މަސައްކަތުގެ ތެރެއިން، ހުޅުމާލެ ފޭސް 2 ގެ އެކި ސަރަހައްދުތައް ހިމެނޭހެން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ޕްލޭނުގައި މިހާރުވަނީ ހިމަނާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

K KkKoveli
Mifahuge thareekhehgai faalhugaa Hingaa enmebodu Balkanize jareemaa acc plz stop this
K Koveli
Mifahuge thareekhehgai faalhugaa Hingaa enmebodu Balkanize jareemaa acc plz stop this