މާލޭގެ ދެކުނުފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ދިޔަވާތީ ސިފައިންް އެހީތެރިވެއްޖެ

މާލޭގެ ދެކުނުފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ދިޔަވާތީ ސިފައިންް އެހީތެރިވެއްޖެ

Author
ޢަލީ އާދަމް
26 ޖެނުއަރީ 2023 06:29
0

ލޭގެ ދެކުނުފަރާތު ފަޅުތެރޭގައި އަޅާފައި އޮތް "ބީސްޓް" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ (25 ޖަނަވަރީ) 22:27 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިކަމުގެ ރިޕޯޓް ލިބުމާ އެކު އެފްއާރުއެސްގެ ސިފައިން ވަނީ ދިޔަ ހިއްކާނެ ޕަންޕާއެކު ލޯންޗު އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.