’އެވެޓާ 2′ 2 ބިލިއަން ޑޮލަރު ހޯދައިފި

’އެވެޓާ 2′ 2 ބިލިއަން ޑޮލަރު ހޯދައިފި

Author
ފާތިމަތު ނާވީ
26 ޖެނުއަރީ 2023 06:26
0

މިދިޔަ މަހު ރިލީޒްކުރި ޑައިރެކްޓަރު ޖޭމްސް ކެމަރޮންގެ "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އަށް ބޮކްސް އޮފީހުގައި ލިބުނު ޖުމްލަ އާމްދަނީ 2 ބިލިއަން ޑޮލަރު ހުރަސްކޮށްފި އެވެ.

ހަމައަށް ދުނިޔޭގެ އެކި ހިސާބުތަކުން ފިލްމަށް ލިބުނު އާމްދަނީ ވަނީ 2.024 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއީ ކޮވިޑް ބަލިމަޑުކަމުގެ އަސަރުތަކުގެ ތެރޭގައި ފިލްމަކުން ހޯދި އެންމެ ބޮޑު ތަރުހީބެވެ.

ހާއްސަކޮށް ޑައިރެކްޓަރު ޖޭމްސް ކެމެރަން އަށް މި ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އޭނާ މިހާރު މިވީ 2 ބިލިއަން ޑޮލަރު ހޯދި ތިން ފިލްމު އުފައްދާފައިވާ ޑައިރެކްޓަރަކަށެވެ. އެއީ މިހާތަނަށް އެހެން މީހަކަށް ހާސިލްކުރެވިފައި އޮތް ކަމެއް ނޫނެވެ.

View this post on Instagram

 

A post shared by James Cameron (@jamescameronofficial)

މިދިޔަ މަހުގެ 16 ގައި ރިލީޒްކުރި "އެވަޓާ 2″ އަކީ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. މިހާރު އެންމެ ބޮޑަށް ގިނަ ބަޔަކު ބަލަން ބޭނުން ވަނީ މީގެ ފުރަތަމަ ބައި 2009 ގެ "އެވަޓާ" ހަދާފައި އޮތް އާމްދަނީގެ ރެކޯޑް މުގުރެލެވޭތޯ އެވެ.

މި ފިލްމަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ފަހުން ރިލީޒްކޮށް ދެ ބިލިއަންގެ އާމްދަނީއެއް ހުރަސްކުރި ފިލްމުގެ އިތުރަށް ހަ ވަނަ އަށް ދެ ބިލިއަންގެ އާމްދަނީއެއް ހުރަސްކުރި ފިލްމެވެ. އަނެއް ފަސް ފިލްމަކީ "އެވެޓާ" ގެ އިތުރުން "އެވެންޖާސް: އެންޑް ގޭމް" އާއި "ޓައިޓޭނިކް" އާއި "ސްޓާ ވޯސް: ދަ ފޯސް އެވޭކަންސް" ގެ އިތުރުން "އެވެންޖާސް: އިންފިނިޓީ ވޯ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.