"ތޫ ޖޫޓީ، މޭ މައްކާރް" ގެ ޓްރެއިލާ

"ތޫ ޖޫޓީ، މޭ މައްކާރް" ގެ ޓްރެއިލާ

Author
ފާތިމަތު ނާވީ
24 ޖެނުއަރީ 2023 05:49
0

ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ޝްރައްދާ ކަޕޫރް އާއި ރަންބީރު ކަޕޫރް އެކުގައި ފެނިގެންދާ ފިލްމް "ތޫ ޖޫޓީ، މޭ މައްކާރް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމް އަކީ ޝްރައްދާ އާއި ރަންބިރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމްއެވެ. ލަވް ރަންޖަން ޑައިރެކްޓް ކުރާ މި ފިލްްމްއަކީ މީގެ ކުރިން ނަމެއްދީގެން އުފެއްދި ފިލްްމްއެއް ނޫނެވެ.

މި ފިލްމް އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް އަލަށް ފެންނަ ފިލްމްއެވެ. އަދި މީގެ ކާސްޓުގައި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

 

 

View this post on Instagram

 

A post shared by Luv Films (@luv_films)

"ތޫ ޖޫޓީ މޭ މައްކާރް" އާ ބެހޭ ގޮތުން ރަންބީރް ދާދި ފަހުން ބުނެފައި ވަނީ މިއީ އޭނަގެ އެންމެ ފަހު ރޮމޭންޓިކް ކޮމެޑީ އަށް ވެދާނެ ކަމަށެވެ. މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ މާޗް 8 ގަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.