އައްޑޫ ސިޓީ ފޭދޫއިން ގޯތި ދޫކުރަން އިއުލާނު ކޮށްފި

އައްޑޫ ސިޓީ ފޭދޫއިން ގޯތި ދޫކުރަން އިއުލާނު ކޮށްފި

އައްޑޫސިޓީ ފޭދޫން ގޯތި ދޫކުރަން ރޭގެ ވަގުތެއްގައި އިއުލާން ކޮށްފިއެވެ.

ފޭދޫއިން ގޯތި ދޫކުރުމަށް އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ އެރަށުން ދިރިއުޅުމަށްޓަކައި 1500 އަކަފޫޓުގެ 300 ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލާފައިވާ ކަމުގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ވާގޮތުން، ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މިގޮތުން މިފަހަރު ދޫކުރާ 300 ގޯތީގެ ތެރެއިން ފޭދޫ އަވަށަށް ޚާއްސަ ކޮށްފައިވަނީ ދޫކުރާ 90 އިންސައްތަ (270 ގޯތި)އެވެ. ބާކީ ހުރި 10 އިންސައްތަ (30 ގޯތި) ޚާއްސަކޮށްފައިވަނީ އައްޑޫ ސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.

މިހާރު ގެޒެޓް ކޮށްފައިވާ އިއުލާން "އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދުކުރުމުގެ އުޞޫލު" ގައި ވަނީ ގޯއްޗަށް ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު ފޭދޫ އަވަށު އޮފީހަށް ހުށަހެޅުމަށެވެ.

ފޭދޫއިން ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 އިން 16 އަށް، ކޮންމެ ދުވަހަކުވެސް ހެދުނު 9:00 އިން މެންދުރު 13:00 އަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *