ގައްދޫގައި ހޮސްޕިޓަލު އަޅަން ވައުދުވީ ފަސްއަހަރުގެ ދައުރުގެ ތެރޭގައި: ނަސީމް

ގައްދޫގައި ހޮސްޕިޓަލު އަޅަން ވައުދުވީ ފަސްއަހަރުގެ ދައުރުގެ ތެރޭގައި: ނަސީމް

Author
މުޙައްމަދު ޝަޒައިމް
25 ނޮވެމްބަރ 2020 11:10
0

ގދ.ގައްދޫގައި 50 އެދުގެ ހޮސްޕިޓަލެއް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވައުދު ވެފައިވަނީ ހިނގަމުން މިދާ ދައުރު ނިމުމުގެ ކުރިން ކަމުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ގައްދޫގައި އެޅުމަށް ހަމަޖެހިފައިވާ 50 އެދުގެ ހޮސްޕިޓަލާއި ގުޅޭގޮތުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލުގައި ނަސީމް ވިދާޅުވީ ގައްދޫ ގައި އެޅުމަށް ހަމަޖެހިފައިވާ 50 އެދުގެ ހޮސްޕިޓަކީ 5 އަހަރުގެ ދައުރުގެ ތެރޭގައި ފުއްދުމަށް ވެފައިވާ ވައުދެއްކަމަށެވެ. މިވައުދު ތަންފީޒު ކުރުމަށްޓަކައ،ި ހޮސްޕިޓަލް އެޅުމަށް ޑޮއިޗާ ބޭންކާއިއެކު މިހާރުވެސް މަޝްވަރާ ކުރެވެމުންދާކަމަށެވެ. އަދި ފައިނޭޝަލް ހުރިހާ ކަމެއް ހަމަޖެހި ޕްލޭން އެކުލަވާލެވުމުން ހޮސްޕިޓަލު އެޅޭނެ ތާރީހެއް ޔަގީން ވެގެންދަނެކަމަށެވެ.

ލިޔުމުން ޖަވާބު ހޯދުމަށް ނަސީމްއާއި ކުރެވުނު ދެވަނަ ސުވާލުގައި  ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުالله ޝަހީމް ޢަބްދުލްޙަކީމް ވަނީ ށ.ކަނޑިތީމު އަދި ގޮއިދޫގެ ޞިއްޙީ މަރުކަޒަށް ބައެއް އިތުރުކުރުމަށް ބަޖެޓުގައި ހިމަނާފައި ވާއިރު، މި މަސައްކަތް ކިހާހިސާބަކު ފެށޭ ވަރުވާނެތޯ ސުވާލުކޮށްފައެވެ. މިސުވާލުގެ ޖަވާބުގައި ނަސީމް ވިދާޅުވީ ކަނޑިތީމް އަދި ގޮއިދޫގެ ޞިއްޚީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް މަޑު ޖެހިފައިވަނީ ކޯވިޑް 19 އާއި ގުޅިގެންކަމަށެވެ. ކޯވިޑާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ބަޖެޓް ރިވައިޒްކޮށް އަލުން ފޮނުވިއިރު، މިފައިސާ ބަޖެޓުން ކަނޑާފައިވާކަމަށެވެ. ނަަމަވެސް އަންނަ އަހަރުގެ ބެޖެޓްގައި މިފައިސާ ހިމަނާފައިވާކަމަށެވެ.

ށ.ގޮއިދޫއާއި ނޫމަރާ ހޮސްޕިޓަލްގައި ލެބޯޓަރީގެ ޚިދުމަތް ކިހާތާކު ރައްޔިތުންނަށް ލިބޭވަރުވާނެތޯ؟ ކުރެއްވި ސުވާލުގައި މިނިސްޓަރަ ނަސީމް ވިދާޅުވީ މިދެ ލެބޯރިޓީގެ މަސައްކަތް ފަށޭނެ ތާރީހެއް ދަންނަވަން އެގޭނީ މިއަހަރުގެ ބަޖެޓުގެ ކަންކަން ނިމުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.