އަބީޝެކް ޕަތަކާއި ޝިވަލީކާ ކައިވެނިކުރަނީ

އަބީޝެކް ޕަތަކާއި ޝިވަލީކާ ކައިވެނިކުރަނީ

Author
ފާތިމަތު ނާވީ
23 ޖެނުއަރީ 2023 04:24
0

ބޮލީވުޑްގެ ބަތަލާ ޝިވަލީކާ އޮބްރޯއީ އާއި ޑައިރެކްޓަރު އަބީޝެކް ޕާތަކު ކައިވެނި ކުރަން އަންނަ މަހު ކައިވެނިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ކައިވެނި އޮންނާނީ އަންނަ މަހުގެ ތެރޭގައިއެވެ. އަދި މި ކައިވެނި ކުރެވިގެން ދާނީ ގޯއާގައި ކަމަށްވެއެވެ. މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ގިނަ ދުވަސްތަކެއްވެފައިވާ އިރު، ޕްރޮޕޯޒްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް އިންސްޓަގްރާމް ވީޑިއޯއެއްގައި ބުނެފައިވެ އެވެ.

އަބިޝޭކް އަކީ މިދިއަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ޑްރިޝަމް 2″ ގެ ޑައިރެކްޓަރެވެ. އަޖޭ ދޭވްގަން ގެ މި ފިލްމް އަކީ މިދިއަ އަހަރުގެ ކާމިޔާބު ފިލްމް ތަކުގެ ތެރެއިން އެއް ފިލްމްއެވެ.

 

View this post on Instagram

 

A post shared by ABHISHEK PATHAK (@abhishekpathakk)

ޝިވަލީކާ އަކީ "ހުދާ ހާފިޒު" ބަތަލާއެވެ. ޝިވާލިކާ ބޮލީވުޑް އަށް ތައާރަފްވީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި "ކިކް" އިން 2014 ވަނަ އަހަރުގައިއެވެ. އެ ފިލްމް އަކީ ސަލްމާން ހާން ލީޑުން ފެނިގެންދިއަ ފިލްމްއެވެ. ޝިވާލީކާގެ ފުރަތަމަ ފިލްްމް އަކީ 2019 ވަނަ އހަރުގެ ފިލްމް "ޔެ ސާލީ އާޝިގީ" އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.